theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަލާހާ އަދި ޝުޖާއުމެން މަރުފަލިޖެހިއަސް ދެނެއް މުއިއްޒެއް ނުވިއްކޭނެ! / ތޭރަގްރެފިކްސް
ރިޕޯޓު
ފަލާހާ އަދި ޝުޖާއުމެން މަރުފަލިޖެހިއަސް ދެނެއް މުއިއްޒެއް ނުވިއްކޭނެ!
09 ޑިސެމްބަރު 2025
މާލެ ސިޓީ

މީހެއްގެ މަޖްބޫލުކަން އެއީ އެމީހެއްގެ ޚިދުމަތާ އަދި އުޅުމާ ގުޅުމުގެ ވެސް ސަބަބާއެކު އެކުލެވިގެންވާ ކަމެކެވެ. ގިނަ ފަހަރު އެކަން ގުޅިފައިވަނީ ބޮޑުކޮށް އެމީހެއްގެ އަމަލާ ބަހާވެސް ދިމާވާ މިންވަރަށްވެސް ރިއާޔަތްކުރުމަށް ފަހުގައެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. "ސިޔާސީ މީހުން ދެކެ ރައްޔިތުން ފޫހިވަނީ ފޫހިވާން ޖެހިގެން، އެއީ ބަހާ އަމަލާ ދިމާނުވާތީ، އަޅުގަޑުގެ ބަހާ އަމަލާ ދިމާވާނެ" މިފަދައިންނެވެ.

އެހެންކަމުން އަޖުމަ ބެލުމުގެ ގޮތުންނާ އަދި ރައީސް އަބްދުﷲ ޔާމީނަށް ދިވެހި ރައްޔިތުން ކުރި އިތުބާރެއްގެ ބޮޑުކަމުންނާ ވެސް އެކު ރައްޔިތުން ނުކުމެ އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގެ ސިއްކަ ވޯޓުން ޖެހީއެވެ.

މުއިއްޒު ރައްޔިތުން ގާތު އެތައް ވާހަކައެއް ވިއްކައިގެންނާ ރައީސް ޔާމީންގެ ނަންފުޅާ ހުސް ގޮނޑީގެ ޖާދޫވެސް ދައްކައިގެން ވެރިކަމަށް އައިތާ ދެ އަހަރު ފާއިތުވީއެވެ. ނަމަވެސް އެ ވިދާޅުވި ބަހާ އަމަލާ ދިމާވާ މަންޒަރެއް ނުފެނެއެވެ. މުޅިންވެސް ފެންނަނީ ބަހެއް ބުނުމަށް ފަހު އެކަން ފަހުން ކެންސަލު ކުރާ މަންޒަރެވެ. ކުރިން ބުނި އެތި ކެންސަލް ވަނީއެވެ.

ކަންކަން މިހެންވާން ފެށުމުން ރައްޔިތުން ފޫހިވާން ފެށިއެވެ. ކުރި އިތުބާރު ގެއްލި ސަރުކާރުގެ އަގު ވެއްޓެންފެށިއެވެ. ކުލަވެއްޓި ބައު ވެފައި ތިބި ވެރިންތަކެއްގެ ގޮތުގައި ރައްޔިތުން މިހާރު ތިބި ވެރިން ސިފަކުރަން ފެށިއެވެ.

ތިމަންނަ މިއަންނަނީ ރައީސް ޔާމީނުގެ ތަރަައްގީއާ އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ކުރަންށޭ ކިޔާ ހުސްގޮނޑި ދައްކާ ވެރިކަން ހޯދާ ރައީސް މުއިއްޒު ރައްޔިތުންނަށް ޚިޔާނާތްތެރިވިކަން މިއަދު ރައްޔިތުން ގަބޫލު ކުރެއެވެ.

ވެރިކަމަށް ރައީސް މުއިއްޒު އައީވެސް ރައީސް ޔާމީނާ ކައިރި ކުރާވަރުގެ ވެސް ގާބިލްކަމެއް ނެތްކަން ގަބޫލްކޮށްގެންކަމަށްވާއިރު މިއަދު،ރައީސް މުއިއްޒު މާނަ ކުރާ މަޝްރޫޢުތަކަކީ ރައްޔިތުން ކުރިމަތީ ޖޯކެކެވެ.

ރައީސް މުއިއްޒު އޭޓިއެމް މެޝިންކޮޅަކާ މަގުކޮންނަ ކުޑަ ހައިމާކާއިއެކު ރަށްރަށަށް ދިއުމުން ފެންނަނީ ތަޞައްރަފު ނުފުދޭ މިންވަރު ކަމަށާ ރައީސް މުއިއްޒު ކައިރީ ތިބީ ފެންވަރެއް ތަޢްލީމެއް ނެތް ބައެއްކަން އެއީ މިއަދު ފެންނަން އޮތް ހަގީގަތެވެ.

ރައީސް މުއިއްޒަކީ ހުނަރެއް ހުރި ލީޑަރެއް ނޫންކަމާ ލީޑަރުންނާ ޗާންސަކުން ވެރިކަމަށް އާދެވޭ މުއިއްޒު ފަދަ ގާބިލުކަމެއް ނެތް މީހުންގެ ތަފާތު މިހާރު ކުލަގަދަކޮށް ފެންނަމުންދާ އެކަންކަމުގައި ކުލަޔާ ދަވާދާ ޕުޓި އުގުޅައިގެން އޮމާން ކުރިއަސް، ތަންދޮރުނޭގޭ ބޮޓުންނާ، ނުކިޔަވާ ހުރި ފަލާހާ އަދި ޝުޖާއުމެން މަރުފަލިޖެހިއަސް ދެނެއް މުއިއްޒެއް ނުވިއްކޭނެއެވެ.

ދެން ހުސްގޮނޑީގެ ޖާދޫވެސް ނުދެއްކޭނެއިރު އެއްކަމެއް ނުވެ ދޮގު ހަދާތާ ދެއަހަރުވީއެވެ. ގައުމު ދިޔައީ ފަހަތަށެވެ. ރައްޔިތުންނާ ގައުމު ދެކެ ލޯބުވާ ވެރިން ބުނަމުން ދަނީ ވަގުތު ނެތޭ، ވަގުތު ނެތޭ އެވެ. ކިތަންމެ ވަރަށް ދުބުރި އެއް ދޮން ކުރިއަސް އަނބަކަށް ނުވާނެއިރު، ގާބިލުކަމާ ހުނަރުވެރިކަން ނެތުމުން ކިތަންމެ ވަރަކަށް އޮފް އެރުވިއަސް މިއަދު ރައީސް މުއިއްޒުގެ ވިދުމެއް ރައްޔިތުން ކުރިމަތީ ނެތެވެ.

އެ ކަންވާރަކުން ނުކުންނާނީ އެ ކަންވާރެއްގައި ހުރި ދިޔައެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved