March 16, 2026
Advertisement
މުއިއްޒު އާ ޝުޖާއުވެސް ﷲގެ އިރާދައިން ބިންމައްޗަށް ތިރިވާނެ: ޑރ ޖަމީލު
މުއިއްޒު އާ ޝުޖާއުވެސް ﷲގެ އިރާދައިން ބިންމައްޗަށް ތިރިވާނެ: ޑރ ޖަމީލު / ސޯޝަލް މީޑިއާ

މުއިއްޒު އާ ޝުޖާއުވެސް ﷲގެ އިރާދައިން ބިންމައްޗަށް ތިރިވާނެ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 10, 2025, 07:40 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުއާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއުވެސް ހަމަބިމަށް ﷲގެ އިރާދައިން ވަރަށް އަވަހަށް ތިރިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރި ޕޯސްޓެއްގައި ޑރ ޖަމީލު ވަނީ ރައީސް ޔާމީނަށް ނިސްބަތްކޮށް ޝުޖާއު ދެއްކި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން ޖަމީލު ވިދާޅުވީ، ޝުޖާއުއަކީ ވަރަށް ދަށު ދަރައިޖައިގައި، ޖަނަވާރުން ވެސް ނުވެއްޓޭ ފެންވަރުގެ މީހެއް ކަމަށެވެ. ހަމަ އެހެންމެ ޝުޖާއު އަކީ އަބަދުވެސް ވެރިޔަކަށް ހުންނަ ބޭފުޅެއްގެ ބޫޓުކިބައިގައި ދޫލައިގެން ނާޖާއިޒު ފައިދާ ދަމައިގަނެވޭތޯ އުޅޭ މީހެއް ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ނުކިޔަވާ ހުރެ ބޮޑު ޖާހިލުކަންމަތީ އަދީބު އަތުން ކައިގެން އުޅުމަށް ފަހު ޝުޖާއު މިހާރު ގެންދަނީ ރައީސް މުއިއްޒާ އެއް ފޮތަކުން އެކުގައި ގައުމު ދަވާލަމުން ކަމަށް ތުހުމަތުކުރައްވާ ޑރ ޖަމީލު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ހުސްގޮނޑިއާ، ވެރިކަން ހޯދަން ދެއްކި ވާހަކަ ހަދާން ނެތުނީޔޯއާ الله ވޮޑިގެންވާކަން ގަބޫލް ނުކުރެވެނީތޯ އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ.

މިގެ އިތުރުން ޝުޖާއުމެން ބޮޑާވަނިކޮށް ދަރިފަސްކޮޅުވެސް ޚަރާބުވުމުގެ ބިރުވެތިކަން ނެތީތޯ އައްސަވާ ވެރިކަންވެސް ނިމޭނެ ކަމާ ރައީސް މުއިއްޒާ ޝުޖާއުވެސް ހަމަ ބިމަށް ﷲގެ އިރާދަފުޅުން ތިރިވާނެ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު ޝުޖާއު އަކީ މި ސަރުކާރުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑަށް ހިންގާ އެކަކުގެ ގޮތުގައި އަޑު ފެތުރިފައިވާ މިހާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved