ހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދެއެވެ. އެގޮތުން ކުށެއް ކޮށްފިނަމަ އަދަބު ދިނުމުގައާ އަދި ރަގަޅު ކަންކަމަށް ތައުރީފުކުރުމުގައިވެސް އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެއެވެ.
ދިވެހި ގާނޫނު އަސާސީގައި އެއްވެސް ރައްޔިތަކު ތަފާތުނުކުރަން އޮންނަ އުސޫލުގެ ތެރެއިން ވެރިންނާ ރައްޔިތުންގެ މެދުގައިވެސް ކުރިން ދެންނެވުނު ފަދައިން އަދަބު ލިބިގަތުމުގައާ އަދި ތައުރީފު ލިބިގަތުމުގައިވެސް ތަފާޓު ކުރުން އޮވެގެންނުވާނެއެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފެންނަމުން ދަނީ މިކަންކަމާ ބީރައްތެހި ވަކި ބައެއްގެ އަމްރު މައުރޫފު ހިނގާ ސަރުކާރެއްގެ ގޮތުގައެވެ. އެގޮތުން ރައްޔިތުން ހަވާލުކުރި އަމާނާތުގެ ތެރެއިން ވެރިކަމުގެ ބަދަލުގައި ވައްކަންކޮށް ރައްޔިތުންގެ ބައިތުލްމާލު ވެރިންގެ ފައިކޭތތަކަށް އެކީ ކަހަލާ ބިމާ ގޯތިންވެސް ވައްކަން ޓެންޓާ މިހެން ގޮސް ކިޔާފައި ނުކިޔާނެ އެއްޗެއް ނެތެވެ. ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ހުސް ވައްކަމެވެ. ނަމަވެސް ފިޔަވަޅު އެޅޫމުގައި ފަހަތު ފަޔަށް ސަރުކާރުން ބުރަވެފައިވެއެވެ.
ދާދި ފަހުން މުޅި ގައުމު ސިއްސުވާލީ ކޭޕާކް އެޕާޓްމަންޓްސްތަކެއް ވިއްކާލުމަށް ފަހު އެޕާޓްމަންޓުތައް ހަވާލުނުކޮށްގެން އެކަމުގައި ޝާމިލުވާ މީހުންނަށް ހުކުމްކުރިއިރު އިއްވި ހުކުމުގެ ދިގު މިނުންނެވެ. 300 އެތައް އަހަރަކަށް އަހުމަދު މަމްދޫހުގެ މައްޗަށް ހުކުމް ކުރިއިރު އޭނާއަކީވެސް މި ސަރުކާރު ގެނައުމަށް ނުހަނު ފައިސާ ޚަރަދުކޮށް ހޭދަކުރި ވިޔަފާރިވެރިއެކެވެ. އެޗްޑީސީގެ ކުރިގެ އެމްޑީ އިބްރާހިމު ފަޒުލް ރަޝީދުއެކޭ ހަމަ އެއް ފަދައިންނެވެ. ބާރަށު ދާއިރާގެ މިއަދު މެމްބަރު އިބްރާހިމު ޝުޖާއުއެކޭ ވެސް އެއްފަދައިންނެވެ.
ޝުޖާއު އާ ފަޒުލްމެންގެ ވައްކަމުގެ ވާހަކަ އަކީ މިއަދު މުޅި ގައުމު ދަންނަ ބޮޑު ސިއްރަކަށްވާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނެތެވެ. ނުވަތަ ރައީސް މީހާވެސް އެކަމުގައި ކޮމްޕްރޮމައިޒްވާތީ ފިޔަވަޅެއް އެޅެން ނެތީއެވެ.
ނަމަވެސް މިއީ ހަމަ އިންސާފާ ހަމަބާއެވެ؟ ބޮޑެތި ޓެންޓުތަކެއް ގެނެސް އެޗްޑީސީއަށް އެ ޓެންޓުތައް ގަންނަ މަޖްބުރުކުރިއިރު ޝުޖާއު އާ ގުޅުންހުރި އެފްއައިޔޫ ރިޕޯޓެއްވެސް ނެރެފައި އޮންނަތާ އެތައް ދުވަހެކެވެ، ފުލުހުްނގެ އިދާރާގެ ކޮންމެވެސް އައިއޯއެއްގެ މޭޒުމަތީގައި އެ ރިޕޯޓު ޕާކުކޮށްފައެވެ.
ފަޒްލުގެ ގެއިން ކަޅު ދަބަހެއްގައި ނެރެގެން ގެންދިޔަ އެއްޗެއް ހަމަ އެނގޭނީ ހެއްދެވި ފަރާތާ ދެން އެގެންދިޔަ މީހަކަށެވެ. ގޯތިތައް ބަހާލާ ހިންގި ޖަރީމާ ނަމަވެސް އޮތީ ހާމައަށް ފެންނަންށެވެ. އެޅި ފިޔަވަޅެއް ނެތެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ދައުވާއެއް ކުރަން އުޅުނުކަން ދެއްކުމަށް ފަހު އަނބުރާ ދައުވާކުރުން ފޮނުވާލީ ހެކި ނެތް ކަމަށް ބުނެއެވެ. ބޮޑު ކުރާ ބިއްލޫރި ޕީޖީ އަށް ބޭނުންވަނީ ތޯއްޗެކެވެ.
މަންޑޭ ވެސް ކރުީ ރަގަޅު ކަމެކޭ ބުނަނީއަކީ ނޫނެވެ. ނަމަވެސް މަންޑޭވެސް ރައްޔިތުންތަކަށް ގެއްލުން ލިބޭ ގޮތަށް ކަންކޮށްގެން 300 އެތައް އަހަރެއްގެ ހުކުމެއް އައިއިރު، ފަޒުލް ރައްޔިތުންގެ ބިންތަކުން ވައްކަންކޮށް ލިޔެކިޔުންތައް ނައްތާލުމުން ފިނި ކޮޓަރިއަށް އަތް ދިގު ހުދު ގަމީހެއްގައި ތިރިކޮށްލީ އިރުވާހުދެއް ފަދައިންނެވެ. ޝުޖާއުގެ މައްޗަށް އެފްއައިޔޫގެ ރިޕޯޓެއް އޮތްއިރު އެ މައްސަލަ ނުބަލާ ޕާކުކޮށްފައިބާއްވާ މަޖިލީހުގެ ގޮނޑިގައި އެއިންނަނީ ރައްޔިތުންގެ ފައިސާކައިގެން އިއްތަފޫ އެއް ހެންނެވެ.
އެހެންކަމުން މަންޑޭއަށް 300 އެތައް އަހަރެއް ހުކުމްކުރި އިރު ފަޒުލްއާ ޝުޖާއުއަށް ހައްގުވަނީ ކިތައް އަހަރުކަން ނިންމަން މި ދޫކޮށްލަނީ ޕަބްލިކު ކޯޓަށެވެ.