May 9, 2026
Advertisement
ޗެނަލް13 އާ "އަދަދު"އާ މެދު ފިޔަވަޅު ނޭޅުމަށް ގޮވާލާ އިންޓަނޭޝަނަލް 7 ޖަމްއިއްޔާއެއްގެ ސިޓީ ރައީސް މުއިއްޒަށް!
ޗެނަލް13 އާ "އަދަދު"އާ މެދު ފިޔަވަޅު ނޭޅުމަށް ގޮވާލާ އިންޓަނޭޝަނަލް 7 ޖަމްއިއްޔާއެއްގެ ސިޓީ ރައީސް މުއިއްޒަށް! / ރައީސް އޮފިސް

ޗެނަލް13 އާ "އަދަދު"އާ މެދު ފިޔަވަޅު ނޭޅުމަށް ގޮވާލާ އިންޓަނޭޝަނަލް 7 ޖަމްއިއްޔާއެއްގެ ސިޓީ ރައީސް މުއިއްޒަށް!

May 8, 2026, 03:43 PM
މާލެ ސިޓީ

ޗެނަލް13 އާ "އަދަދު" ނޫހާ މެދު ފިޔަވަޅު ނޭޅުމަށް ގޮވާލާ ބައިނަލްއަގްވާމީ 7 ޖަމްއިއްޔާއެއްގެ ސިޓީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ފޮނުވައިފިއެވެ.

Advertisement

 ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަސް ޖަމިއްޔާއަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ދެ ޖަމިއްޔާއަކުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ވަނީ،   ޗެނެލް 13 ގެ ލައިވް ބްރޯޑްކާސްޓިން ހުއްޓައިލުމަށް މިދިޔަ މަހުގެ ފަހުކޮޅު ކޮންޓްރޯލް ކޮމިޝަނުން އެންގި އެންގުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި  ފުލުހުން ހިފަހައްޓާފައިވާ އަދަދު ނޫހުގެ ހުރިހާ އިލެކްޓްރޯނިކް ސާމާނު ދޫކޮށްލުމަށާއި އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދު ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލު ކުރުމަށްވެސް ސިޓީގައި ގޮވާލާފައިވެއެވެ.

އެ ސިޓީގައި ސޮއިކޮށްފައި ވަނީ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖީ) އާއި ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އާއި ސިވިކަސް: ވޯލްޑް އެލަޔަންސް ފޯ ސިޓިޒެން ޕާޓްނަޝިޕް އަދި، އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) ގެ އިތުރުން ފޯރަމް އޭޝިއާ އިންނެވެ. މީގެ އިތުރުން، އިންސާނީ ހައްގުތަކަށް ވާކާލާތުކުރާ ހިއުމަން ރައިޓްސް ވޮޗް އާއި ރޮބާޓް އެންޑް އީތެލް ކެނެޑީ ހިއުމަން ރައިޓްސް ސެންޓާވެސް ސޮއިކުރި ޖަމްއިއްޔާތަކުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި ބަންޑާރަނައިބުގެ އޮފީހަށް ވެސް ކޮޕީކޮށްފައިވާ އެ ސިޓީގައި ޖުމްލަ ހަތް ކަމަކަށް ގޮވާލައިފައިވެއެވެ. އެ ހަތްކަމުގެ ތެރޭގައި ހިމެނެނީ:

ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަށް ރާއްޖެއިން ދެމުން އައި އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދިނުން

އަދަދު ނޫހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުރިހާ ސާމާނެއް ވަގުތުން ވަގުތަށް ދޫކޮށްލުމާއެކު އެ ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދުގެ ޕާސްޕޯޓު ވަގުތުން ދޫކޮށްލުން

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ނޫސްވެރިންނަށް ފުލުހުން ހިންގާ މަޖުބޫރުކުރުމުގެ އަމަލުތައް ހުއްޓާލުން

ނޫސްވެރިކަމާ ގުޅުންހުރި މައްސަލަތަކުގައި ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި، މަދަނީ ހައްލުތައް ހޯދުމަށް މިނިވަން ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުން.

ރާއްޖެއިން ބޭރަށް ފުރުން މަނާކުރި ކަމުގައިވިޔަސް އަދި، ތަނެއް ބަލައިފާސްކުރި ކަމުގައިވިޔަސް، ނޫސްވެރިންނާ ދެކޮޅަށް އަޅާ ހުރިހާ ފިޔަވަޅަކީ އެއީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގައިވާ ހަމަތަކުގެ ތެރެއިން ޝަރުއީ ހަމަތަކާ އެއްގޮތަށް އަޅާ ފިޔަވަޅަކަށް ވުން.

ސިޔާސީ ހަރަކާތްތަކާއި އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް ވަގުތުން ދެއްކުމަށް ހުރަސްއެޅުމަށް ރެގިއުލޭޓަރީ އިދާރާތަކާއި ޓެކްނިކަލް ގަވާއިދުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުން ދުރުހެލިވެ، އެފަދަ ހުރިހާ ފިޔަވަޅުތަކަކީ "އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" އާ އެއްގޮތްވާ ފިޔަވަޅުތަކެއްކަން ކަށަވަރުކުރުން، އަދި

ދި ދައުލަތުގެ އިސްވެރިންނަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް ތަހުގީގެއް ހިނގަމުންދާއިރު، އެކަން މިނިވަންކަމާއެކު ބެލޭނެ އިންތިޒާމު ކަށަވަރުކޮށްދިނުން އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved