June 23, 2026
Advertisement
ރައީސް މުއިއްޒު ނޫން ކެންޑިޑޭޓެއް ޕީއެންސީއިން 2028އަށް ނެރެން އުޅޭ ކަމުގެ އަޑުތަކެއް!
ރައީސް މުއިއްޒު ނޫން ކެންޑިޑޭޓެއް ޕީއެންސީއިން 2028އަށް ނެރެން އުޅޭ ކަމުގެ އަޑުތަކެއް! / އަދަދު

ރައީސް މުއިއްޒު ނޫން ކެންޑިޑޭޓެއް ޕީއެންސީއިން 2028އަށް ނެރެން އުޅޭ ކަމުގެ އަޑުތަކެއް!

Jun 23, 2026, 11:58 AM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ މަގުބޫލްކަން ރައްޔިތުންގެ ކުރިމަތީގައި އިންތިހާއަށް ދަށްވެފައިވާތީ، އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީން އެހެން ކެންޑިޑޭޓެއް ނެރުމަށް ސިއްރު މަޝްވަރާތަކެެއްކުރިއަށް ދާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

ވެރިކަން ކުރާ ޕީއެންސީގެ އިސް ބޭފުޅުންތަކަކާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންނަ އިންތިހާބުގައި ރައީސް މުއިއްޒު ނުވިއްކޭނެ ކަަމަށް ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން މިހާރު ގަބޫލުކުރައްވާ ކަމަށެވެ. 

ހަމައެހެންމެ އެމަނިކުފާނަށް ސަރުކާރު ހިންގަން ނޭގުމާއި ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނާ މެދު ކަންތައްކުރައްވާ އިހާނެތި ގޮތުގެ ސަބަބުން ރައީސް މުއިއްޒަށް ކުރި އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވާ ކަމަށް ވަނި ރިޕޯޓުކޮށްފައެވެ.

އަލުން ވެރިކަން ދިފާއު ކުރެވޭނީ ރައީސް މުއިއްޒު ނޫން ބޭފުޅަކު ނެރެގެން ކަމަށް ގިނަ މެމްބަރުން އިއްތިފާގުވާ ކަމަށާ އެކަމާ ގުޅުން ހުރި މަޝްވަރާތައް އެތެރެއިން ކުރިއަށްދާކަމަށްވެސް ވަނި ރިޕޯޓުކޮށްފައެވެ. އެ މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް ސިއްރުން ކަމަށާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓު ފައިނަލް ވަންދެން ޕީއެންސީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ރައީސް މުއިއްޒުއަށް ތާއީދުކުރައްވާކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު ދައްކަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ހިތުގެ އަޑިން ކުރާ ތާއީދެއް ނޫން ކަމަށް ވެސް އެ ބޭފުޅާ އާ ހަވާލާދީ ލިޔެފައިވެއެވެ.

އެމަނިކުފާނަކީ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލް ބޭފުޅެއް ކަމަށް ރައީސް މުއިއްޒު އަމިއްލަފުޅަށް ހީފުޅުވެފައި އޮތް ނަމަވެސް، އަތޮޅުތެރެއިން ރައްޔިތުން ގުޅާ ދައްކަމުންދާ ވާހަކަ އެ މެމްބަރުންނަށް އަޑު އިވޭ ކަމަށާ އެހެންކަމުން ރައީސް މުއިއްޒުއާ ހެދި 2028 ޕީއެންސީއަށް ގެއްލެން ބޭނުން ނޫންކަމަށް ވެސް ވަނީ ބުނެފައެެވެ.


ޕީއެންސީގެ އިސްބޭފުޅާ ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ޕާޓީގެ އޮނިގަނޑު އެ ބޭފުޅާ ބޭނުންވާ ގޮތަށް ބަދަލުކުރައްވަމުން ކަމަށެވެ. ނަމަވެސް އެއިން ކުރާނެ އެއްވެސް ފައިދާއެއް ފަހު ވަގުތު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްތަކުގައި އެ ވާހަކަ ލިޔުނު ނަމަވެސް ފަރުވާލެއް ނެތްކަމަށާ  2028 ގައި ޕީއެންސީއިން ރައީސް މުއިއްޒު ނޫން މީހަކު ނެރެ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާ އެ މެމްބަރުން ގެންދަނީ، ވާދަވެރި ބައެއް ބޭފުޅުންނާ ވެސް މަޝްވަރާތައް ކުރަމުންކަމަށް ވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved