June 22, 2026
Advertisement
މުއިއްޒުއާ އާއިލާގެ ބޭފުޅުން ވެސް އަބަދު އުޅުއްވަނީ ދީނީ ކާޑު ކުޅެން: ޑރ ޖަމީލު
މުއިއްޒުއާ އާއިލާގެ ބޭފުޅުން ވެސް އަބަދު އުޅުއްވަނީ ދީނީ ކާޑު ކުޅެން: ޑރ ޖަމީލު / ތޭރަ އޮންލައިން

މުއިއްޒުއާ އާއިލާގެ ބޭފުޅުން ވެސް އަބަދު އުޅުއްވަނީ ދީނީ ކާޑު ކުޅެން: ޑރ ޖަމީލު

Jun 22, 2026, 01:58 PM
މާލެ ސިޓީ

އީސް ޑރ މުހައްމަދު މުއިއްޒުއާ އާއިލާގެ ބޭފުޅުން ވެސް އަބަދު އުޅުއްވަނީ ދީނީ ކާޑު ކުޅެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، ރައީސް މުއިއްޒުގެ ޅިޔަނު، އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމު މުހައްމަދު މަޖިލީހުގައި ބަހުސްކުރައްވަމުން އެހެން މެމްބަރުންނަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވާތީ ގަވާއިދާ އެއްގޮތަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދަށް ނިޒާމީ ނުކުތާއެއް ދިނުމުން އެމްޕީ އިބްރާހިމު ރުޅިގަދަވެ، ރިޔާސަތު ކުށްވެރި ކުރެއްވި ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ ޖަމީލު ވަނީ ކަން ހިނގައިދިޔަ ގޮތުގެ ވީޑިއޯވެސް އެމަނިކުފާނުގެ އެކްސް ޕޯސްޓުގައި ހިއްސާ ކުރައްވާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މެމްބަރު އިއްބެ ވަނީ އޭނާ ދީނީ ގޮތުން މުހިއްމު ވާހަކަތަކެއް ދައްކަވަން ހުންނަވަނިކޮށް އޭނާގެ ވާހަކަ ރިޔާސަތުން މެދު ކަނޑާލި ކަމަށް ތުހުމަތުކުރައްވާ އެކަން ކުށްވެރި ކުރައްވާފައެވެ.

އެމްޕީ އިބްރާހިމުގެ އެ ވާހަކައަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒުއާ އާއިލީ ބޭފުޅުންވެސް އަބަދުވެސް ދީން ހަތިޔާރަކަށް ނަންގަވާ ދީނީ ކާޑު ކުޅުއްވަން އުޅުވާއިރު ވެރިކަން ހޯދި ގޮތާ އެ އަމާނާތް، ދީނީ ގޮތުން އޮތްގޮތް ދޫކޮށްލިތަން ފެނިގެން ގޮސްފައިވާ ކަމަށެވެ. ހަމަ އެހެންމެ ވެރިކަމުގައި ތުހުމަތު ކުރެވޭ ރިޝްވަތުގެ ޙަރާމް އަމަލަށް އެފަދަ ދީނީ ބޭފުޅުންނަށް ޖަވާބެއް ނުދެވޭ ކަމާ، ވެރިކަމުގައި ތުހުމަތު ކުރެވޭ ވައްކަމާ ކޮރަޕްޝަނަކީ ދީނީ ގޮތުން ބޮޑު ޙަރާމް ކަމަކަށްވާއިރު، އާއިލީ ޅިޔަން ބޭފުޅުންވެސް އެކަންކަމާ ކަންބޮޑުވާ މަންޒަރު ނުފެންނަ ކަން ވެސް ޑރ ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދީނީ ވާހަކަ ދައްކަންޖެހޭ އުސްލޫބެއް ވާކަން މެމްބަރު އިބްރާހިމަށް ހަނދާކޮށްދިނުމުގެ ގޮތުން ރަސޫލާ (ސއވ)ގެ ޙަދީޘް ބަސްފުޅެއް ހިމަނާ މާނަ ވެސް ހިއްސާކުރައްވާފައި ޑރ ޖަމީލުވެއެވެ އެ ހަދީޘުގައިވާ ނަސޭޙަތުގައި ހިފައިފިނަމަ ވާހަކަ ދައްކާއިރު ބަލަން ތަންކޮޅެއް ފަސޭހަވާނެ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ މެމްބަރު އިބްރާހިމަށް މެސެޖެއް ފޮނުއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved