
ދެ އިންތިޙާބު އެއް ދުވަހު ބޭއްވުމަށް ކުރިއަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުން 30% ލިބުނު ރައީސް މުހައްމަދު މުއިއްޒަށް 2028 ކާމިޔާބުކޮށްދޭނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވީ ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. ސަރުކާރަށް މިހާރު އެއްވެސް ވަރަކަށް ތާއިދު ނެތްކަން އަދުރޭ އަށްވެސް އެނގޭކަމަށް ނުހައި ޕޯޑިއަމްގައި އަދުރޭ ވަނީ ޕީއެންސީ ސަރުކާރަށް ސަނާކިޔާފައެވެ.
އަދުރޭ ވިދާޅުވީ 2028 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން މުއިއްޒު ނަގާނެކަމަށާއި އެކަން ކާމިޔާބު ކުރުމަށް ހުރިހާ އެންމެންވެސް މުއިއްޒަށް ކެމްޕެއިންކޮށް ވޯޓު ދޭންޖެހޭކަމަށެވެ.
އަދުރޭ ވަނީ ނިމިގެން ދިޔަ ހިޔާލު ހޯުދުމުގެ ވޯޓުން ނާކާމިޔާބު ވީމަ ކޯޓަށް ނުދިޔައީ ޕީއެންސީ އަކީ ކޯޓަށް ގޮސްގެން އިންތިޚާބު ކާމިޔާބު ކުރާ ޕާޓީއަކަށް ނުވާތީކަމަށް ބުނެފައެވެ.
އަދުރޭ މިފަދައިން ވިދާޅުވި ނަމަވެސް ޕީއެންސީން ވަނީ މ ިފަދަ މައްސަލަތައް ބައްލަވާ ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަލާފައެވެ.
އަދުރޭގެ މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މާލާމާތްކޮށް ފާޑުކިޔަމުންނެވެ. އަދި އަދުރޭ ރޭ ދެއްކެވި ވާހަކަތަކަކޯ މުއިއްޒު އޭނާ ލައްވާ މަޖުބޫރުކޮށްގެން ދެއްްކެވި ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވެފައެވެ.










