May 10, 2026
Advertisement
ރައީސް ނަޝީދަށް ހަމަލާ ދިންތާ 5 އަހަރު، ކޮއްކޮ ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފި
ރައީސް ނަޝީދަށް ހަމަލާ ދިންތާ 5 އަހަރު، ކޮއްކޮ ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފި / ސޯޝަލް މީޑިއާ

ރައީސް ނަޝީދަށް ހަމަލާ ދިންތާ 5 އަހަރު، ކޮއްކޮ ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފި

May 9, 2026, 01:36 PM
މާލެ ސިޓީ

ރައީސް މުހައްމަދު ނަޝީދގެ ހަށިކޮޅަށް ބޮމުގެ ހަމަލާއެއް ިންތާ 5 އަހަރު ފުރުނު އިރު، ކޮއްކޮ ނާޒިމް ސައްތާރުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

Advertisement

މިކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން، ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސްމި މައްސަލައިގައި އަނިޔާވެފައިވަނީ ސީދާ ކާކަށް ކަމެއް ފުލުހުން ރަސްމީކޮށް ބުނެފައިނުވެއެވެ.

ފުލުހުން އެއީ ސީދާ ކާކުކަން ހާމަނުކުރި ނަމަވެސް މި ނޫހަށް ލިބިފައިވާ މައުލޫމާތުން އެއީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމްކަން ވަނީ ކަށަވަރުކުރެވިފައެވެ.

އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. ހަމައެހެންމެ މި ހަމަލާ ދީފައިވަނީ ކޮން ބައެއް ކަމާއި، ހަމަލާ ދިން ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ނާޒިމަށް ތޫނު އެއްޗަކުން ހަމަލާދީފަިއވާއިރު، އޭނާގެ ބޭބޭ، ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއްދީ ޒަޚަމްކޮށްލިތާ މި މެއި މަހުގެ 6 ވަނަ ދުވަހަށް ވަނީ 5 އަހަރުވެފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved