May 25, 2026
Advertisement
މުއިއްޒު ސިންގަޕޫރަށް ދިޔައީ، ވިފާގުގެ މަރުގެ ތުހުމަތު އޮތް ނާޒިމުއާ ބައްދަލުކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
މުއިއްޒު ސިންގަޕޫރަށް ދިޔައީ، ވިފާގުގެ މަރުގެ ތުހުމަތު އޮތް ނާޒިމުއާ ބައްދަލުކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ / އަދަދު

މުއިއްޒު ސިންގަޕޫރަށް ދިޔައީ، ވިފާގުގެ މަރުގެ ތުހުމަތު އޮތް ނާޒިމުއާ ބައްދަލުކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

May 25, 2026, 08:16 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަނީ، ވިފާޣު އިބްރާހިމު އަދުނާނުގެ މަރުގެ ތުހުމަތު އޮތް، ވިފާގުގެ ދޮން ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ނައިބު އަހުމަދު ނާޒިމްއާ ބައްދަލުކުރަން ކަމަށް ކުރިގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓު ކަމަށްވާ "އަނެއް ދިވެހިރާއްޖެ"  އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރައީސް ސިންގަޕޫރަށް ވަޑައިގަތީ ނާޒިމާ ވާހަކަފުޅު ދެއްކެވުމަށް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް ނާޒިމް، އެމަނިކުފާނާ ވާހަކަދައްކަފާނެ ކަމަށް ނުބެއްލެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ކުރިން ރައީސްގެ ދަތުރުފުޅުގެ ތަފްސީލު ނުދީ ތިބުމަށް ފަހު ރައީށް އޮފީހުން މިހާރު ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވެފައިވާ ގޮތުގައި ރައީށް ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރެއްވުމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު، މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން މަސައްކަތްކުރަނީ، ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުއްވާތީ ކަމަށް އަޑުތައް ގަދަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved