June 13, 2026
Advertisement
ސަރުކާރު ޖަވާބުދާރި ކުރުވުމަކީ މުހިއްމުކަމެއް، އެކަން ކުރާނީ ޕާޓީ އެއްކޮށް ގުޅިގެން: ރައީސް ނަޝީދު
ސަރުކާރު ޖަވާބުދާރި ކުރުވުމަކީ މުހިއްމުކަމެއް، އެކަން ކުރާނީ ޕާޓީ އެއްކޮށް ގުޅިގެން: ރައީސް ނަޝީދު / ސޯޝަލް މީޑިއާ

ސަރުކާރު ޖަވާބުދާރި ކުރުވުމަކީ މުހިއްމުކަމެއް، އެކަން ކުރާނީ ޕާޓީ އެއްކޮށް ގުޅިގެން: ރައީސް ނަޝީދު

Jun 13, 2026, 12:08 AM
މާލެ ސިޓީ

ިހާރު އޮތް ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށާ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ހޮވިވަޑައިގަތުމާއެކު ދެން މުޅި ޕާޓީއާ ގުޅިގެން އެ މަސައްކަތްކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ކަށަވަރުވެގެން ދިއުމާ އެކު އާޓިފިޝަލް ބީޗުގައި ބޭއްވި އުފާ ފާޅުކުރުމުގެ ތެރެއިން މީޑިޔާތަކަށް ދެއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ލިބުނު ކާމިޔާބީއަށް ފަހު އެމަނިކުފާނާ އިންތިހާބުގައި ވާދަކުރެއްވި، މަޖިލީހުގެ ދެކުނު ދާއިރާގެ މެމްބަރު މީކާއިލްއާ ވެސް ވާހަކަ ދެކެވިފައިވާ ކަމަށާ އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ ވެސް ވާހަކަ ދައްކަވާ ޕާޓީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ މެދު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކަރު ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާ ޚާއްސަކޮށް އެމްޑީޕީ މެމްބަރުންނަށްވީތީ ނުވަތަ އެމަނިކުފާނަށް ތާއީދުކުރާތީވީ ސަރުކާރުގެ މަގާމުތަކުގައި ތިބި ބަޔަކު ކަނޑަމުންދާ ކަމަށާ އެކަން ހުއްޓުވާ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިއީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ދެން އޮތީ އެންމެން އެކުގައި ބާރަށް ކުރިއަށް ދިއުން ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved