June 18, 2026
Advertisement
މުއިއްޒަކީ ވަރަށް ބޮޑު ބޭވަފާތެރިއެއް، ރައީސް ޔާމީނާ ޣައްސާނުއާ މެދު ކަންކުރި ގޮތުން އެކަން ރަގަޅަށް ހާމަވޭ: ރައީސް ނަޝީދު
މުއިއްޒަކީ ވަރަށް ބޮޑު ބޭވަފާތެރިއެއް، ރައީސް ޔާމީނާ ޣައްސާނުއާ މެދު ކަންކުރި ގޮތުން އެކަން ރަގަޅަށް ހާމަވޭ: ރައީސް ނަޝީދު / -

މުއިއްޒަކީ ވަރަށް ބޮޑު ބޭވަފާތެރިއެއް، ރައީސް ޔާމީނާ ޣައްސާނުއާ މެދު ކަންކުރި ގޮތުން އެކަން ރަގަޅަށް ހާމަވޭ: ރައީސް ނަޝީދު

Jun 17, 2026, 11:24 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަކީ ވަރަށް ބޮޑު ބޭވަފާތެރިއެއް ކަމަށާ، ރައީސް އަބްދުﷲ ޔާމީނާ މިސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާނު މައުމުނުއާ އެމަނިކުފާނު ކަންކުރެއްވި ގޮތުން އެކަން ވަރަށް ރަގަޅަށް ހާމަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ފާހަގަވަނީ ވަރަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އޭގެ ސަބަބުން ރައީސް މުއިއްޒު ވަރަށް ބޮޑަށް އެކަނިވެރިވެފައިވާ ކަމަށާ ރައީސް މުއިއްޒުއާ އެ ބައްދަލުކުރީ، ހާއްސަކޮށް ރައީސް ޔާމީން އާއި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ގައްސާންއާ މެދު ކަންތައް ކުރެއްވި އިހާނެތި ގޮތުގެ ބަދަލު ކަމަށް ވެސް ރައީސް ނަޝީދުގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަމެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ، ރައީސް މުއިއްޒު މިހާރު ހުންނެވީ އެމަނިކުފާނު އަމަލުކުރެއްވި ގޮތުން ސިޔާސީ މައިދާނުގައި ވަރަށް ބޮޑަށް އެކަނިވެރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވެރިކަން ވެއްޓިދާނެތީ މިހާރު ރައީސް މުއިއްޒު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން ތެޅިފޮޅެމުންދާ ކަމަށާ ނަމަވެސް ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅެދާނެ ކަމަށް ރައީސް މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވިދާޅުވީ ބަޔަކު ސަރުކާރު ވައްޓާ ނުލިނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރު އަމިއްލައަށް ވެއްޓުން ގާތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved