
ގަޒުފްގެ ދައުވާއެއް ނުވަތަ ކުށް ސާބިތުވެއްޖެނަމަ އަދަބު ލިބޭނީ ދުއްރައަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދުއްރައެއް ދައްކާ އެއީ ކޯއްޗެެއްކަން ކިޔައި ދެއްވަމުން ރައީސް ނަޝީދު ވަނީ ގަޒުފްގެ ކުށް ސާބިތުވެއްޖެނަމަ އޭގެން އަދަބު ލިބޭނެކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީގައި ރައީސް ޑރ.މުހައްމަދު ގަޒުފްކުރިކަމަށް ތުހުމަތުކޮށްފައިވާތީއެވެ.
ރައީސް ނަޝީދު ވިދާޅުވީ ގަޒުފްގެ ދައުވާ އަނެއް މީހާއަށް ކުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުވިޔަސް އަދަބު ލިބޭނީ ދުއްރައަކުންކަމަށެވެ.










