May 9, 2026
Advertisement
ޕީއެންއެފްގެ ޖަލްސާތައް އަލުން ފަށަނީ!
ޕީއެންއެފްގެ ޖަލްސާތައް އަލުން ފަށަނީ! / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާތައް އަލުން ފަށަނީ!

May 9, 2026, 02:32 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފުން ބާއްވަމުން ދިޔަ ސިލްސިލާ ޖަލްސާތައް ދުވަސް ގަނޑެއްގެ މެދު ކެނޑުމަކަށް ފަހުނ އަލުން ފަށަން އެ ޕާޓީއިން ތައްޔާޜުވެއްޖެއެވެ.

Advertisement

އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފަިއވާ ގޮތުގައި، ޕީއެންއެފްގެ ޖަލްސާތައް 10 މެއިވާ އާދިއްތަ ދުވަހުގެ ރޭ އަލުން ފެށިގެން ދާނެއެވެ. ޖަލްސާ އޮންނާނީ ކުރިއެކޭ ވެސް އެއްފަދައިން، ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ.

ޖަލްސާކުރާ މާލަމުގެ މަރާމާތަކަށް ޕީއެންއެފްގެ ޖަލްސާތަކަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް އެ ޕާޓީއަށް ތާއީދުކުރާ އާންމުން ގެންދަނީ މަގުމަތީގެ ހަރަކާތްތައް ބާއްވާ ސަރުކާރު ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވަން އަޑުއުފުލަމުންނެވެ.

މި ޖަލްސާގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންއެފް އިން މައުލޫމާތު ދެއެވެ. ރައީސް ޔާމީންގެ އިތުރުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންއެފް އިން ބުނި ގޮތުގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވުމާއި، ގައުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުން ހާމަނުކުރާ ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވެސް މި ޖަލްސާތަކުގެ މުހިންމު ބޭނުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންއެފް އިން ބާއްވަމުންދާ މި ޖަލްސާތަކަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު މި ޖަލްސާތައް ބަލައި، ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved