June 8, 2026
Advertisement
މޫސުން ގޯސް، ވިއްސާރަ ދުވަސްތަކަކަށް ވާތީ، ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
މޫސުން ގޯސް، ވިއްސާރަ ދުވަސްތަކަކަށް ވާތީ، ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި / ސޯޝަލް މީޑިއާ

މޫސުން ގޯސް، ވިއްސާރަ ދުވަސްތަކަކަށް ވާތީ، ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

Jun 8, 2026, 05:51 PM
މާލެ ސިޓީ

ކުރިއަށް އޮތީ މޫސުން ގޯސް ވިއްސާރަ ދުވަސްތަކަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

މޫސުމާ ބެހެ ގައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ދަތުރުފަތު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝަދު ދެއްވާފައެވެ. އެގޮތުން ދަތުރުފަތުރުތައް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާާއި މޫސުމީ ސަމާލުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް އިރުޝާދުދީ ފުލުހުން ލަފާ އަރުވަފައިވެއެވެ.

ފުލުހުން ވަނީ ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.

ހަމަ އެހެންމެ އުޅަނދުން ދަތުރުކުރާ އެންމެން ވެސް ލައިފް ޖެކެޓް އަޅައިގެން ތިބުމަށާއި އެމަޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެއްޓުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved