May 21, 2026
Advertisement
މަހުދީ ނިޔާވިތާ 5 ދުވަސް ފަހުން، އެ މަރު ތަހުގީގުކުރާ ކަމަށް ފުލުހުން ބުނެފި
މަހުދީ ނިޔާވިތާ 5 ދުވަސް ފަހުން، އެ މަރު ތަހުގީގުކުރާ ކަމަށް ފުލުހުން ބުނެފި / ސޯޝަލް މީޑިއާ

މަހުދީ ނިޔާވިތާ 5 ދުވަސް ފަހުން، އެ މަރު ތަހުގީގުކުރާ ކަމަށް ފުލުހުން ބުނެފި

May 20, 2026, 09:57 PM
މާލެ ސިޓީ

އިޓަލީގެ ފަތުރުވެރިންތަކެއް، ވ. އަލިަމތާ ކައިރިޔަށް ޑައިވިންއަށް ގޮސް މަރުވި ހާދިސާގައި އެމީހުންގެ ހަށިތައް ހޯދަން ސާޗު އެންޑް ރެސްކިއު ޓީމުގައި ހިމެނި، މަސައްކަތުގައި އުޅުއްވަނިކޮށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓު ފަރސްޓު ކްލާސް މުހައްމަދު މަހުދީގެ މަރުގެ ތަހުގީގެއް ހިންގަމުންދާ ކަމަށް ދިވެހި ފުލުހުން ހާމަކޮށްފިއެވެ.

Advertisement

މީޑިޔާތަކުން ސުވާލު ކުރުމުން ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިޔާއިން ބުނެފައިވަނީ، މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.  މިކަން ފުލުހުން ބަލަން ފަށާފައި ވަނީ، އެއްވެސް ފަރާތަކުން ހުށައަޅައިގެންތޯ ނުވަތަ ޕީޖީން އަންގަވައިގެންތޯ ނުވަތަ އެހެންވެސް ހާދިސާތައް ތަޙްޤީޤުކުރާ ފަދައިން އާއްމު އުސޫލެއްގެ ގޮތުން ފުލުހުންގެ އަމިއްލަ އިސްނެގުމުގައި ކަމެއްވެސް ނަމަވެސް ހާމަކޮށްފައިނުވެއެވެ.

މި ތަހުގީގަކީ މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކުގައި އަމަލުކުރާ އުސޫލުތަކާއި، ހާދިސާ ހިނގި ވަގުތު ކަންތައްވީ ގޮތް ސާފުކުރުމަށް ހިންގާ ތަހުގީގަކަށް ވުން އެކަށީގެންވެއެވެ.

މަރުވާން މެދުވެރިވި ހާދިސާ ހިނގީ ރާއްޖޭގައި ޑައިވްކުރުން ހުއްދަ މިންވަރަށް ވުރެ މާ ފުނުގައި އޮތް، ނުރައްކާތެރި ހޮހޮޅައަކަށް ވަދެ އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ހޯދުމުގެ ތެރޭގަ އެވެ. އެ ފުން މިނުގައި އުޅުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަހުދީ ނިޔާވިކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުދީ ނިޔާވެފައިވަނީ ކަނޑު އަޑީގައެވެ. އޭނާގެ ހަށިގަނޑު ރިކަވަރ ކުރީ މެރިން ޕޮލިހުންގެ ޓީމަކުންނެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved