May 19, 2026
Advertisement
ވަަޠަނީ ޚިދުމަތް ފުރިހަމަކުރި އަންހެން ދަރިވަރުންތަކެއް ގޮވައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ ފުލުހުން ހަރަކާތްތެރިވަނީ
ވަަޠަނީ ޚިދުމަތް ފުރިހަމަކުރި އަންހެން ދަރިވަރުންތަކެއް ގޮވައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ ފުލުހުން ހަރަކާތްތެރިވަނީ / ސޯޝަލް މީޑިއާ

ވަަޠަނީ ޚިދުމަތް ފުރިހަމަކުރި އަންހެން ދަރިވަރުންތަކެއް ގޮވައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ ފުލުހުން ހަރަކާތްތެރިވަނީ

May 18, 2026, 07:16 PM
މާލެ ސިޓީ

ވަަޠަނީ ޚިދުމަތް ފުރިހަމަކުރި އަންހެން ދަރިވަރުންތަކެއް ގޮވައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާގޮތުގައި ލޯންޗު ދިޔަވެ ދަރިވަރުން ވަނި ކަނޑުވެފައެވެ. އަދި މިހާރު ފުލުހުންގެ ލޯންޗެއް ސަރަހައްދަށް ގޮސް މީހުން ސަލާމަތް ކުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ދިޔަވެފައިވަނީ މާފިލާފުށިން ފުރައިގެން މާލެ އަންނަން ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އެ ލޯންޗުގެ އެއްބައި އަޑިއަށް ދާއިރު ދަަތުރުވެރިން ލައިފް ޖެކެޓުގައި ތިއްބަ އެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved