March 16, 2026
Advertisement
.
. / އޭއެފްޕީ

އިންޑިއާގެ އާދޭހާއެކު ތެޔޮ ޓޭންކަރުތަކަށް އިރާނުން ދިން ހުއްދައިން، މޯދީ ސިޔާސީ މަންފާ ނަގަން ފަށައިފި

Yana Shareef
ޔާނާ ޝަރީފް
Mar 14, 2026, 11:30 PM

އިންޑިއާގެ ތެޔޮ ޓޭންކަރުތަކަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އެދި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާދޭސް ދަންނަވައިގެން ހޯއްދެވި ފުރުސަތުގެ ބޭނުން ހިފައި، އިންޑިއާގެ ސަރުކާރުން މިހާރު ދަނީ އަމިއްލަ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

އިރާނުން ދިން މި ލުޔަކީ އިންޑިއާގެ އިގްތިސާދީ ރައްކާތެރިކަމަށްޓަކައި މޯދީ ކުރެއްވި އާދޭހުގެ ނަތީޖާއެއް ނަމަވެސް، މި ހުއްދައިގެ ނިވާފަތްގަނޑުގައި އިންޑިއާއިން ދަނީ ސަރަހައްދީ ސިޔާސީ މަސްރަހުގައި އެ ގައުމުގެ ބާރުވެރިކަން ދެއްކުމަށާއި، ހުޅަނގުގެ އެޖެންޑާތައް ކުރިއެރުވުމަށް މި ފުރުސަތުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާއާއި އިޒްރޭލުގެ ގާތް ބައިވެރިއެއްގެ ގޮތުގައި ހުރެ އިރާނާ ދެކޮޅަށް ސިއްރު ރޭވުންތައް ރާވަމުންދިޔަ ނަމަވެސް، އިންޑިއާގެ އިގްތިސާދީ މަސްލަހަތަށްޓަކައި މޯދީއަށް މި ނޫން ގޮތެއް މިއަދު ވަނީ ނެތިފައެވެ. ނަމަވެސް، މި މައްސަލައިގެ ތެރެއިން އިންޑިއާގެ ބޮޑު ޚިޔާނާތެއްގެ ވާހަކަވެސް މިހާރު ވަނީ ފެންމަތިވެފައެވެ.

އެގޮތުން، އިންޑިއާގެ ދައުވަތަކަށް އެ ގައުމުގެ ސަރަހައްދަށް ދަތުރުކުރި އިރާނުގެ މަނަވަރެއްގެ ސިއްރު ލޮކޭޝަން، މޯދީގެ ސަރުކާރުން އެމެރިކާގެ އަސްކަރިއްޔާއަށް ހިއްސާކޮށް، އެ މަނަވަރު ފައްތާލުމަށް މަގުފަހިކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ނަގާލައި، އިންޑިއާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ ޣައްދާރު އަމަލެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ފާޅުގައި އިޒްރޭލުގެ އުދުވާނަށް ތާއީދުކޮށް، ހުޅަނގުގެ އެޖެންޑާތައް ކުރިއަރުވަން މަސައްކަތް ކުރި ނަމަވެސް، އިރާނުން މިކަމުގައި އިސްކުރީ އިންސާނިއްޔަތުކަމެވެ. އިންޑިއާގެ ޓޭންކަރުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަކީ އިރާނުގެ ހިތްތިރިކަމާއި، ސަރަހައްދީ ހަމަޖެހުމަށް އެ ގައުމުން ދޭ އިސްކަން ހާމަވާ ކަމެކެވެ.

ނަމަވެސް، އިންޑިއާގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްވުމަށްޓަކައި އިރާނުގެ އެހީތެރިކަމަށް އެދި ދަތްދޮޅީގައި އަތްޖަހަން ޖެހުމުންވެސް، އިންޑިއާއިން ދަނީ އެކަމުގެ ތެރެއިން ސިޔާސީ ކުޅިގަނޑެއް ކުޅެމުންނެވެ. އިރާނުން މި ދެއްކި ނަމޫނާއަކީ އިސްލާމީ އުސޫލުތަކާއި އިންސާނީ ކަރާމާތް އިސްކުރުމުގެ މަތިވެރި މިސާލެއް ނަމަވެސް، އިންޑިއާގެ އަމަލުތައް ހުރީ އެއާ ދިމާ އިދިކޮޅަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved