
އިސްރާއީލުގެ ކްނެސެޓްގައި ވާހަކަފުޅު ދައްކަވަމުން، އިސްރާއީލަކީ "ބައްޕަކަމަށް" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސިފަކުރެއްވިތާ އެންމެ ދުވަހެއް ފަހުން، އިސްރާއީލުން ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލައި، އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދިން ހަމަލާއެއްގައި 150 ކުދިން ޝަހީދުވެގެން ދިޔައިރުވެސް، ބޮޑުވަޒީރު މޯދީ އެއްވެސް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެއް ނުވެއެވެ. ނަމަވެސް، މި ހަމަލާތަކާ ގުޅިގެން އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ އެކު، އިންޑިއާގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ.
އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ ބޮޑު ބައެއް މި ކަނޑުއޮޅިން ދަތުރުކުރަން ޖެހޭއިރު، މަގު ބަންދުވުމުގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވުމާއެކު މޯދީގެ ރާގު ވަނީ ބަދަލުވެފައެވެ. އިންސާނީ ކަރާމާތާއި ކުޑަކުދިންގެ މަރަށްވުރެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން އިސްކުރައްވައި، މޯދީ މިހާރު ވަނީ އީރާނުގެ ރައީސަށް ގުޅުއްވައި އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. މިއީ ސިޔާސީ މަސްލަހަތަށްޓަކައި އިންޑިއާއިން ގެންގުޅުނު ހަރުކަށި ސިޔާސަތު، އިގްތިސާދީ މަޖުބޫރުކަމެއްގެ ކުރިމަތީގައި މަޑުޖައްސާލަން ޖެހުނު ދަނޑިވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.










