May 6, 2026
Advertisement
.
.

އައިޝާ ޑޮކިއުމެންޓްރީ: ކަން ހިނގި ގޮތް ހާމަކުރާނެކަމަށް އީޝާގެ ވަކީލު ބުނެފި

May 6, 2026, 01:02 AM

ރައީސް މުއިއްޒުގެ ސަރުކާރުގެ ގިނަ ސިޔާސީ މަގާމުތަކެއް ފުރުއްވާފައިވާ އައިޝަތު އީޝާ އަޝްރަފް އަށް ޖިންސީ ގޯނާ ލިބުނު ގޮތުގެ ތަފްސީލް ވިކްޓިމެއްގެ ހައިސިއްޔަތުން ކިޔައިދޭން ނިންމާފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

Advertisement

އަދަދު ނޫހުން ނެރުނު އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައަކާ ގުޅިގެން އީޝާ ރޭ ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފަ އެވެ.

ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އީޝާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އީޝާ އަކީ ވިކްޓިމެއް ކަމަށާއި ފިރިހެން މީހާ ފޮނުވާފައިވާ މެސެޖްތަކާއި ކޮށްފައިވާ ކޯލްތަކުގެ ތަފްސީލާއެކު އީޝާ ކަން ހިނގިގޮތް ފުލުހުންނަށް ކިޔައިދޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ކަންހިނގިގޮތުގެ ތަފްސީލް ކިޔައިދޭން އީޝާ ތައްޔާރަށް ހުރިކަން ފުލުހުންނަށް އަންގައިފައިވާނެ ކަމަށެވެ.

އީޝާ ހާޒިރުކުރަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ގަޒުފުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.

ރައީސް މުއިއްޒުގެ ނަން ވިދާޅުނުވެ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ފިރިހެން މީހާގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކުރެވޭ ތުހުމަތުތަކަށް ފިރިހެން މީހާ އިންކާރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ފުލުހުންނަށް މައުލޫމާތު ދިނުމަށްފަހު އީޝާ ވިކްޓިމަކަށް ވީގޮތް ތަފްސީލުކޮށް ކިޔައިދޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved