July 5, 2026
Advertisement
.
.

ހަނގުރާމަ ކުރަން މަޖުބޫރުވާ ކޮންމެ ފަހަރަކު އެކަން ކުރާނަން: އީރާން

Yana Shareef
ޔާނާ ޝަރީފް
May 11, 2026, 08:22 PM

ހަނގުރާމަ ކުރަން މަޖުބޫރުވާ ކޮންމެ ފަހަރަކު އެކަން ކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.

Advertisement

އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން ހަނގުރާމައެއް ފެށުނު ނަމަވެސް މިހާރު ހަނގުރާމަ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު، އީރާނުން ތުހުމަތު ކުރާ ގޮތުގައި އެމެރިކާއިން ދަނީ ހައްގު ނޫން ޑިމާންޑްތައް ކުރަމުންނެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، އިސްމާއީލް ބަޣާއީ ވިދާޅުވީ، އީރާނުން އޮތީ ހަނގުރާމަ ކުރަން މަޖުބޫރުވާ ކޮންމެ ފަހަރަކު ހަނގުރާމަ ކުރުމަށް ތައްޔާރަށް ކަމަށާއި އެކަން ކުރާނެ ކަމަށެވެ. އަދި ޑިޕްލޮމަސީއަށް ޖާގަ ލިބޭ ކޮންމެ ފަހަރަކު އެ ފުރުސަތުގެ ބޭނުން ވެސް އީރާނުން ހިފާނެ ކަމަށެވެ.

ޑިޕްލޮމަސީއަށް ވެސް އުސޫލުތަކެއް ހުންނާނެ ކަމަށާއި އީރާނުން މަސައްކަތް ކުރާނީ ގައުމީ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved