
ރައީސުލްޖުމްހޫރިއްޔާގެ ޒާތީ ދިރިއުޅުމުގައި ގުޅިފައި މައްސަލައެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އިސްވެ ކޯޓަށް ނުދެވޭނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީއެންފްގެ ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ރައީސްގެ ޒާތީ މައްސަަލައެއް ޕީޖީ އޮފީހުން އިސްވެ ކޯޓަށް ހުށަހެޅުމަކީ ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ވީޑިއޯއެއްގެ އެ މައްސަލާގައި ވަކި މީހެއްގެ މަސްލަހަތު ހިމާޔާތްކުރަން އުޅޭ ގޮތަށް ފުލުހުންނާއި ޕީީީޖީ އޮފީހުން އަދި ކޯޓުގެ އަމަލުތައް ހުރިކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ރައީސްގެ ދެ ހައިސިއްޔަތެއް އޮންނާނެ ކަމަށާއި އެއީ ރަސްމީ ހައިސިއްޔަތުން ކުރައްވާ ކަންކަމާއި އަދި އަމިއްލަ ޒާތީ ހައިސިއްޔަތުން ކުރައްވާ ކަންކަން ކަމަށެވެ. އެގޮތުން ތިލަވެގެން އުޅޭ ކަމުގައި ކުރައްވައިގެން އުޅުއްވަނީ ރައީސްގެ ހައިސިއްޔަތުން ނޫން ކަމާއި އެއީ ރައީސް މުއިއްޒުގެ އަމިއްލަ ޒާތީ ކަމެއްގެ ތެރެއިން ކުރައްވައިގެން އުޅޭ ކަމެއް ކަމަށެވެ.
އެހެންކަމުން އެކަމުގެ ތެރެއިން ހިނގައިގެން އުޅޭ ކަމެއްގައި ކުރާ ދައުވާއަކީ އަމިއްލަ ކަމެއްގެ ތެރެއިން ކުރާ ދައުވާއަކަށް ވާއިރު ދައުލަތުގެ މުއައްސަސާތައް ބޭނުންކުރަމުން ދަނި ދެރަވަރުކޮށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ގައުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ބޮއްސުން ލާފައި ކަމަށެވެ.










