
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ޕީއެސްއައިޕީ އެއްވެސް ބޮޑު ޕްރޮޖެކްޓެއް ނެތް ކަމަށާ އެހެންކަމުން މަޝްރޫއުތަކަށް ފައިސާ ހޯދާނެ ގޮތް ވެސް މި ސަރުކާރަސް ހުސްވެފައިވާ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރަށް ބޭރުގެ ފަރާތްތަކުން އެހީ ގޮތުގައާ އަދި މަޝްރޫއުތަކަށްވެސް ފައިސާ ނުލިބޭކަމާ އެ ފައިސާ ނުލިބޭ ސަބަބާ މެދު ސުވާލު އުފައްދަވާފައިވެއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެ ސުވާލުގެ ޖަވާބުވެސް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށާ އޭގެ ސަބަބަކީ ބޭރު ދުނިޔެއަށް ވިއްކާނެ އެއްޗެއް ސަރުކާރުގައި ނެތުން ކަމަށެވެ.
އެގޮތުން ގައުމުގައި ތަރައްގީ ކުރިއަށް ނުދާ ކަމަށާ އެއްވެސް ހިސާބެއްގައި ގައުމުގައި ޕީއެސްއައިޕީގެ ބޮޑެތި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ ކަމަށާ އެހެންކަމުން ބޭރު ދުނިޔެއަށް ފައިސާ ހޯދަން ގޮސް ދައްކާނެ އެއްޗެއްވެސް ކަމެއް ވެސް ނެތް ކަމަށެވެ.
ސަރުކާރުން ފަށާފައިވަނީ އެމީހުން ވެރިކަން ކުރިކަން އަންގަން ނަމެއްގައި ފަށާފައި ހުރި ޕްރޮޖެކްޓުތަކެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ސަރުކާރުން ކަމެއް ނުކުރި ނަމަވެސް ބޮޑެތި މުސާރަދީ އެތައް ބަޔަކު ވަޒީފާތަކުގައި ބައިތިއްބައިގެން ސަރުކާރުން ކުރަނީ ބޭކާރު ހަރަދު ކަމަށެވެ.










