June 28, 2026
Advertisement
ރައީސް ކަމަށް އާދެވުނަސް، ހަގީގީ ލީޑަރެއްގެ ސިފަ ލިބިގަނެވޭނީ ތަސައްވުރަކާއެކު، ހިތްވަރާއި ގާބިލުކަން ހުރެގެން: ޑރ ޖަމީލު
ރައީސް ކަމަށް އާދެވުނަސް، ހަގީގީ ލީޑަރެއްގެ ސިފަ ލިބިގަނެވޭނީ ތަސައްވުރަކާއެކު، ހިތްވަރާއި ގާބިލުކަން ހުރެގެން: ޑރ ޖަމީލު / ސަން އޮންލައިން

ރައީސް ކަމަށް އާދެވުނަސް، ހަގީގީ ލީޑަރެއްގެ ސިފަ ލިބިގަނެވޭނީ ތަސައްވުރަކާއެކު، ހިތްވަރާއި ގާބިލުކަން ހުރެގެން: ޑރ ޖަމީލު

Jun 28, 2026, 11:37 AM

އިންތިހާބަކުން ގައުމުގެ ވެރިކަމަށް ކޮންމެ މީހަކަށް އާދެވުނު ނަމަވެސް، ހަގީގީ ލީޑަރެއްގެ ސިފަ ލިބިގަނެވޭނީ ތަސައްވުރަކާއެކު، ހިތްވަރާއި ގާބިލުކަން ހުރި ފަރާތްތަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު އެކްސްގައި ކުރެއްވި މާނަފުން ޕޯސްޓެއްގައިވަނީ، މި ސަރުކާރުގެ ހިންގުންތެރިކަމުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ގައުމެއް ހީނަރުވެ، ބަނދަހިކަން ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ ވެރިކަން ހިންގުމުގެ ދާއިރާއިން ނާކާމިޔާބުވުން ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިންތިޚާބަކުން ކޮންމެ މީހަކަށް ވެސް ރައީސްކަމުގެ މަގާމަށް އާދެވިދާނެ ކަމަށާ ނަމަވެސް، ހަގީގީ ލީޑަރެއްގެ ސިފަ ލިބިގަނެވޭނީ ތަސައްވުރަކާއެކު، ހިތްވަރާއި ގާބިލުކަން ހުރި ފަރާތަކަށް ކަމަށެވެ.

ރައީސް މުއިއްޒު ސަރުކާރު ހިންގަވަމުން ގެންދަވާ ސިޔާސަތަށް އިޝާރާތްކުރައްވާ، ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، މިއީ އެންމެ އެކަށީގެންވާ މިންވަރަށް ވުރެ ދަށް، މެދުމިނުގެ ގާބިލުކަމެއް ފެންނަ ވެރިކަމެއް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވަށައިގެން ތިއްބެވީ ހަގީގަތް އޮޅުވާލާ ފަރާތްތަކެއް ކަމަށް ތުހުމަތުކުރައްވައި، ކޮރަޕްޝަނުގެ އަމަލުތައް ހިމެނޭ މިފަދަ ވެރިކަމަކުން ގައުމު ސަލާމަތްކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ.

ބެލެވޭ ގޮތުގައި ޑރ ޖަމީލުގެ މިފަދަ ފާޑުވިދާޅުވުމެއް ރައީސް މުއިއްޒަށާ ސަރުކާރަށް އަމާޒު ކުރައްވާފައިމިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ހުސްގޮނޑިއާ ފޮޓޯ ދައްކަވައިގެން ވެރިކަމަށް ވަޑައިގެން ހުންނަވާ ރައީސް މުއިއްޒު ރައީސް ޔާމީނަށް ދެމުންދާ ބަހުގެ ހަމަލާތަކަށެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ، ވެރިކަމާ ހެދި އުޅުމަކި މައްސަލައެއް ނޫން ކަމަށާ ނަމަވެސް މައްސަަލައަކީ ވެރިކަން ކުރަން ޖެހެނީ ވަކި މީހަކު ކަމުގައި ބަޔަކު ދެކުން ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved