May 15, 2026
Advertisement
މިއުޅެނީ ވެރިކަމުގެ ހުރި މީހާގެ އުނދަގޫ ބޮޑުވެ ގައުމުގެ މަސްލަހަތު އިސްކުރަން: ރައީސް ޔާމީން
މިއުޅެނީ ވެރިކަމުގެ ހުރި މީހާގެ އުނދަގޫ ބޮޑުވެ ގައުމުގެ މަސްލަހަތު އިސްކުރަން: ރައީސް ޔާމީން / ތޭރަ އޮންލައިން

މިއުޅެނީ ވެރިކަމުގެ ހުރި މީހާގެ އުނދަގޫ ބޮޑުވެ ގައުމުގެ މަސްލަހަތު އިސްކުރަން: ރައީސް ޔާމީން

May 14, 2026, 10:35 PM
މާލެ ސިޓީ

ރައީސް މުހައްމަދު ނަޝީދުއާ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ އެކު މަސައކްަތްކުރަން ނިންމީ ވެރިކަމުގައި ތިބި މީހުންގެ ތުރާލާ އުނދަގޫ ރައްޔިތުންނަށް ބޮޑުވުމުން ގައުމުގެ މަސްލަހަތު އިސްކުރަން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕިއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނި އެމަނިކުފާނު އެމްޑީޕީއާ ގުޅި ވަޑައިގެންފި ކަމަށް ބުނެ ޕީއެންސީއަށް ތާއީދު ކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ސަރުކާރުގެ އިސް ތަރުޖަމާނުވެސ ްދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު، ރައީސް ނަޝީދު ވެސް އަދި ރައީސް ސޯލިހުވެސް ޖަލަށް ނުލާ ކަމަށެވެ.

ނަމަވެސް އެމްޑީޕީ ވެރިކަމުގައި އެމަނިކުފާޏު ޖަލަށްލި ކަމަށާ އެކަމުގެ ނުތަނަވަސްކަން އަދިވެސް އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ނަފްސުގެ އިއްޒަތަށްވުރެ ގައުމު މާބޮޑު ކަމަށާ ގައުމުގެ ރައްޔިތުންގެ މަސްލަހަތު މާބޮޑު ކަމަށްވުމުން އެމަނިކުފާނު ރައީސް ނަޝީދުއާ ރައީސް ސޯލިހުއާ އެކު މަސައްކަތް ކުރައްވަން ނިންމެވީ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ތިން ބާރަށް ފާރަވެރިވުމަށް ކުރާ މަސައްކަތުގައި އިން ޖަހައިގެން ނުވާނެ ކަމަށާ އަބުރާ ބެހިއްޖެއިއްޔާ ރީތި ގޮތަކީ ވެސް ރާއްޖޭގައި އޮތް ގޮތަކީ ވެސް މީހާ އަމިއްލައަށް އަބުރުގެ ދައުވާ ކުރުން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަށް ފާރަވެރިވުމުގެ ކަންކަން އިތުރުވެގެން އުޅެނީ، ފުރަތަމަ ދުވަހުން ފެށިގެން ހަދަމުން އަންނަ ގޯސްތައް ގިނަވުން

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved