June 27, 2026
Advertisement
"ސިޔާސީ ޗަރުކޭހު"ގައި ނުޖެހުމަށް ގަވަރުނަރަށް ރައީސް ޔާމީން ގޮވާލައްވައިފި
"ސިޔާސީ ޗަރުކޭހު"ގައި ނުޖެހުމަށް ގަވަރުނަރަށް ރައީސް ޔާމީން ގޮވާލައްވައިފި / ރައީސް އޮފިސް

"ސިޔާސީ ޗަރުކޭހު"ގައި ނުޖެހުމަށް ގަވަރުނަރަށް ރައީސް ޔާމީން ގޮވާލައްވައިފި

Jun 27, 2026, 01:48 PM
މާލެ ސިޓީ

ސިޔާސީ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭނުން ގައުމުގެ ވެރިންނަށް ހިފިޔަ ނުދިނުމަށް ގަވަރުނަރު އަހުމަދު މުނައްވަރަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައެވެ.

ރާއްޖޭގެ މިހާރުގެ މާލީ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު އިންތިހާއަށް ވެއްޓެމުންދާ ކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖެ ފެންނަނީ ކުރިއަށްވުރެ ބޮޑަށް ފަގީރުވެފައިވާ މަންޒަރު ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް އޮތްނަމަ، ދިވެހި ފައިސާގެ އަގު މިހާ ބޮޑަށް ނުވެއްޓޭނެ ކަމަށާއި، މިހާރު ހުރި މިސްރާބަށް ބަދަލެއް ނައިސްފިނަމަ ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމަށް ލަފާކުރެއްވިއެވެ.

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރި ކުރުމަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެއީ ހަމައެކަނި ޑޮލަރުގެ މައްސަލައިގައި މީހުން ދައްކާ ވާހަކަތަކުގެ އަޑުކަނޑުވާލަން ވެގެން އެޅި ވަގުތީ ފިޔަވަޅެއް ކަމަށެވެ.

އެކަމަކީ ކަމަށާ، މަރުކަޒީ ބޭންކަށް ދިވެހި ރުފިޔާ ޗާޕުކުރެވުނު ނަމަވެސް ޑޮލަރު ޗާޕު ނުކުރެވޭނެތީ، މިއީ ގައުމުގެ ރިޒާވަށް ބެލުމެއް ނެތި ސިޔާސީ ނުފޫޒުގައި ނެރުނު ވަގުތީ ފަރުވާއެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ޔާމީން ވަނީ، މަރުކަޒީ ބޭންކުގެ މުސްތަގިއްލުކަން ހިފަހައްޓައި، ސަރުކާރުގެ ސިޔާސީ "ޗަރުކޭސް"ތަކުގެ ތެރެއަށް ގަވަރުނަރު އަހުމަދު މުނައްވަރު ވެންނެވުމުގެ ބަދަލުގައި ދުރުގައި ހުންނެވުމަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު މަދުވެ، ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. މި މާލީ ދަތިކަމުގެ ސަބަބުން ގައުމީ ބޭންކު (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބި، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން ވިޔަފާރިތަކާއި އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ މިންވަރު މިދިޔަ މަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ލިމިޓުކޮށްފަ އެވެ. އަދި މިފަހުން އިސްލާމިކް ބޭންކް (އެމްއައިބީ)އިން ވެސް އީކޮމާސް ސައިޓްތަކަށް ވަނީ ލިމިޓެއް ކަނޑައަޅައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved