June 26, 2026
Advertisement
އެމްއެމްއޭއިން ޑޮލަރު ވިއްކުން އިތުރުކުރުން: ރައީސް ޔާމީން ވިދާޅުވީ، ތަނެއް 'ކަހައިގަތީމައި ކަހާލުން' ފަދަ ވަގުތީ ފިޔަވަޅެއް ކަމަށް!
އެމްއެމްއޭއިން ޑޮލަރު ވިއްކުން އިތުރުކުރުން: ރައީސް ޔާމީން ވިދާޅުވީ، ތަނެއް 'ކަހައިގަތީމައި ކަހާލުން' ފަދަ ވަގުތީ ފިޔަވަޅެއް ކަމަށް! / އަދަދު

އެމްއެމްއޭއިން ޑޮލަރު ވިއްކުން އިތުރުކުރުން: ރައީސް ޔާމީން ވިދާޅުވީ، ތަނެއް 'ކަހައިގަތީމައި ކަހާލުން' ފަދަ ވަގުތީ ފިޔަވަޅެއް ކަމަށް!

Jun 26, 2026, 02:30 PM
މާލެ ސިޓީ

ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 25 އިންސައްތައަށް އިތުރުކުރުމާ މެދު ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނުގެ ފާޑުވިދާޅުވުމުން އެކަމަށް އަމާޒުކުރެއްވީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން، އެމަނިކުފާނު ވަނީ، ރާއްޖޭގެ މިހާރުގެ މާލީ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު އިންތިހާއަށް ވެއްޓެމުންދާ ކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވި، އެމްއެމްއޭއިން ކުއްލިއަކަށް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު މަތިކުރީ ޑޮލަރުގެ ތާށިކަމާ ހެދި އާންމުން ޝަކުވާ ބޮޑުވުމުން ކަމަށާ، މަރުކަޒީ ބޭންކަށް ދިވެހި ރުފިޔާ ޗާޕުކުރެވުނު ނަމަވެސް ޑޮލަރު ޗާޕު ނުކުރެވޭނެތީ، މިއީ ގައުމުގެ ރިޒާވަށް ބެލުމެއް ނެތި ސިޔާސީ ނުފޫޒުގައި ނެރުނު ވަގުތީ ފަރުވާއެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މަރުކަޒީ ބޭންކުގެ މުސްތަގިއްލުކަން ހިފަހައްޓައި، ސަރުކާރުގެ ސިޔާސީ "ޗަރުކޭސް"ތަކުގެ ތެރެއަށް ގަވަރުނަރު އަހުމަދު މުނައްވަރު ވެންނެވުމުގެ ބަދަލުގައި ދުރުގައި ހުންނެވުމަށް އެ މަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އެ މަނިކުފާނު ލަފާކުރައްވާ ގޮތުގައި މިހާރު ހުރި މައްސަލަތަކަށް ދާއިމީ ބަދަލެއް ނުގެނެސްފިނަމަ ކާބޯތަކެއްޗާއި މުދަލުގެ އަގު ކޮންޓްރޯލް ނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރައިގެން ހިނގައިދާނެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު މަދުވެ، ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. މި މާލީ ދަތިކަމުގެ ސަބަބުން ގައުމީ ބޭންކު (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބި، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން ވިޔަފާރިތަކާއި އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ މިންވަރު މިދިޔަ މަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ލިމިޓުކޮށްފަ އެވެ. އަދި މިފަހުން އިސްލާމިކް ބޭންކް (އެމްއައިބީ)އިން ވެސް އީކޮމާސް ސައިޓްތަކަށް ވަނީ ލިމިޓެއް ކަނޑައަޅައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved