
ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައި ވަނީ ހަމަ އެކަނި ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކަމަށް ރައީސް މުހައްުމަދު މުއިއްޒު ވެސް ގަބޫލު ކުރައްވައިފިއެވެ.
މުއިއްޒު މި މޭރަމުން ވާހަކަ ދެއްކެވީ ޕީއެންސީން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ ނަންފުޅު ވިދާޅު ނުވެ ފާޑުކިޔުން އަމާޒުކުރަނިކޮށް މުއިއްޒަށް ވަނީ އަނގަ އޮޅިގެން ވެސް ހަގީގަތް ހާމަކޮށްދެވިފައެވެ.
އެގޮތުން ރައީސް ޔާމީންގެ ޒައާމަތީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ހިންގި ޒައާމަތެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ސިނަމާލެ ބްރިޖްގެ ކްރެޑިޓް ނެގުމަށް ވެސް މުއިއްޒު ގިނަ ގުނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބު ވާނެ ގޮތެއް ނުވެފައެވެ.
ދާދި ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ޒައާމަތުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ވަނީ ސިނަމާލެ ބްރިޖުގެ ކްރެޑިޓް ރައީސް ޔާމިނަށް ހައްގުކަމަށް ވިދާޅުވެފައެވެ.










