
"ގެގް" އޯޑަރެއްގެ ދަށުން "މުޅި ރައްޔިތުން"ގެ މައްޗަށް ދެއްކުން މަނާކޮށްފައިވާ ވާހަކަތަކެއް، ޕީއެންއެސީގެ ޖަލްސާއެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ޕޯޑިއމްގައި ދެއްކި އިރު، "ގެގް" އޯޑަރާ ޚިލާފަސް ސުވާލެއް ކުރި ކަމަށް ބުނެ ނޫސްވެރިޔަކު ރއިސް އޮފީހުން ނެރުނު، ރައީސް ޑރ މުހައްމަދު އަތް ޖައްސަވާ ފަލާހުއަށް އެވާހަކަތައް ދައްކަން ހިތްވަރު ދެއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެސީއިން ބޭއްވި ޖަގަހަ ޖަލްސާގައި ފަލާހު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދައްކާ ވާހަކަތަކެއް ބުނެ، "އައިޝާ'ގެ ވާހަކަ ދައްކާފައެވެ. އަދި މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރާ އެ ބުނާ އަންހެނަކާ "ނާޖާއިޒް" ގުޅުން އޮތް ކަން އޭނައަށް އެނގޭ ކަމަށް ބުނެ ފަލާހު ދެއްކެވި ވާހަކަތަކަށް ރައީސް މުއިއްޒު ހިނިފުޅު ވަޑުވާ އިންނަވާ ގެންދެވީ ބާރަށް އަތްތިލަ ބަޑި ޖައްސަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބަ އިވޭ ފާޑެއްގެ އައިޝާއެއް ވާހަކަ ކިޔާ އަޑު. މި ވާހަކަ ކޮންމެވެސް ވަރަކަށް ދައްކާލަން އެބަ ޖެހޭކަންނޭނެ. އެންމެ ބޮޑަށް މި ވާހަކަ ދައްކާ އެކަކީ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އައްބާސް. އަޅުގަނޑު އަޑުއަޑުއެހިން އަހުމަދު އައްބާސް އެއުޅޭ އައިޝާއެއް ގެންގުޅޭތާ އަށް މަސް ދުވަސް ވެގެން ދަނިކޮށް، ތަނެއް ކުއްޔަށް ހިފައިގެން އުޅެނިކޮށް އޭނާގެ ދަރިއަކަށް އެކަން ފަޅާއަރައިގެން އެ މައްސަލަ ޖެހިގެން އަންހެނުން ވެސް ދޫކޮށްލައިފިޔޭ
ފަލާހު
ފަލާހު މެމްބަރު އައްބާސްގެ ބޮލުގައި އިލްޒާމެއް އަޅޫވާ ވާހަކަ ދެއްކިއިރު އައްބާސްގެ ފުރިހަމަ ނަން ވެސް ކީ ގޯސްކޮށެވެ. އައްބާސް ވަނީ ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންވި ޖަލްސާގައި އޭނާ އަމިއްލަ ދިރިއުޅުމާއި، އޭނާގެ އަނބިދަރިންނާ ގުޅުވައިގެން އޭނާއާ ގުޅުވާ ފަލާހު ދެއްކި ހަގީގަތާ ޚިލާފު ވާހަކަތަކެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި އަބުރުގެ ދައުވާ ކުރަން ނިންމާ އެކަން މީސްމީޑިޔާގައި ހާމަކޮށްފައެވެ.
ފަލާހު "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅޭ ވާހަކައެއް ސަރުކާރު ހިންގާ ޕާޓީގެ އިވެންޓެއްގައި ދެއްކިއިރު އެކަމުގައި ކޯޓުން ވެސް އަދި ފުލުހުންވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައިވާކަން އެނގިފައިނުވެއެވެ.










