June 27, 2026
Advertisement
މުއިއްޒުގެ ސަރުކާރަކީ މިހާރު ވިއްކޭނެ އެއްޗެއްނޫން: މަލީހު
މުއިއްޒުގެ ސަރުކާރަކީ މިހާރު ވިއްކޭނެ އެއްޗެއްނޫން: މަލީހު / ސޯޝަލް މީޑިއާ

މުއިއްޒުގެ ސަރުކާރަކީ މިހާރު ވިއްކޭނެ އެއްޗެއްނޫން: މަލީހު

Jun 27, 2026, 02:20 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއއިްޒުގެ ސަރުކާރުގެ މަގްބޫލުކަން ގެއްލި މިހާރު ރައްޔިތުން ކުރިމަތީ ސަރުކާރުން ވިއްކާނެ ސިޔާސަތެއް ނެތް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވެފައިވަނީ، ރެފަރަންޑަމް ވޯޓުގައި ރައީސް މުއިއްޒުގެ ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ސަބަބުތަކުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް އިރު އިރުކޮޅާ ބަދަލުކޮށް ޔޫ ޓާން ނެގުމާ ، އަދި މީޑޔާގެ މިނިވަންކަން ގެއްލުވާލުން ހިމެނޭ ކަމަށެވެ.

އޭގެ ސަބަބުން ސަރުކާރުގެ މަގްބޫލުކަން ރައްޔިތުން ކުރިމަތީ ގެއްލި، ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެގެން ގޮސްފި ކަމަށާ އެހެންކަމުން ދެން އިތުރަށް ސަރުކާރު ޕްރޮމޯޓުކުރުމަށް ވިއްކާނެ އެއްޗެއް ނެތް ކަމަށެވެ. 

ދެން ރައީސް މުއިއްޒަށް އޮތް އެންމެ ރަގަޅު ގޮތަކީ އަވަހަށް އެމަނިކުފާނުގެ ސާމާނު ޕެކުކޮށޤ މުލިއާގެއިން ނުކުންނަން ތައްޔާރުވުން ކަމަށް ވިދާޅުވެ މަލީހު ވަނީ މަޖާޒީ ގޮތަކަށް ވެރިކަމުގެ ސިއްކަ ޖެހުން ކައިރިކަމަށް އިޝާރާތްކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved