June 27, 2026
Advertisement
ވެރިކަމަށް އައުމަށް ހިތަށް އަރުވަފާނެ މީހަކުވެސް މުއިއްޒު، ވަކިކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވެއްޖެ
ވެރިކަމަށް އައުމަށް ހިތަށް އަރުވަފާނެ މީހަކުވެސް މުއިއްޒު، ވަކިކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވެއްޖެ / އެމްޑީޕީ

ވެރިކަމަށް އައުމަށް ހިތަށް އަރުވަފާނެ މީހަކުވެސް މުއިއްޒު، ވަކިކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވެއްޖެ

Jun 27, 2026, 06:47 PM
މާލެ ސިޓީ

ސަރުކާރުގެ ތެރޭގައި ތިބި އިސް މީހުންގެ ތެރެއިން ވެރިކަމަށް އައުމަށް ހިތަށް އަރުވަފާނެ މީހަކުވެސް، ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ މަގާމުތަކުން ވަކިކުރަމުން ކަމަށް އެމްޑީޕީގެ ކުރިގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Advertisement

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ފެންނަވަމުން ދަނީ ޚުދުމުހުތާރު ވެރިކަމެއްގެ ސިފަތައް ކަމަށާ އެކަމާ ގުޅިގެން ސަރުކާރު ތެރޭގައި ތިއްބެވި ބޭފުޅުން ބިރުން ތިބި ކަމަށެވެ. ފައްޔާޒު ވިދާޅުވި، ރައީސް މުއިއްޒު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ޝައުގުވެރިވުމަކީ މައްސަލައަކަށް ވެގެން ނުވާނެކަމެއް ނަމަވެސް، ރައީސް މުއިއްޒު ގެންދަވަނީ ވެރިކަމަށް ޝައުގުވެރިކަން ހުރެދާނެކަމަށް ފެންނަ ބޭފުޅުންވެސް ސަރުކާރުގެ ތެރެއިން މަގާމުތަކުން ވަކިކުރަމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން ކެބިނެޓުން ވަކިކުރި ބޭފުޅުންނަކީ ވެސް އެ އުސޫލުގެ ތެރެއިން ވަކިކުރި ބޭފުޅުންކަމަށް ފައްޔާޒު ތުހުމަތު ކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު އެ ބޭފުޅުންނާ މެދު އެފަދަ ފިޔަވަޅެއް އެޅުއްވީ ކޮންމެހެން އެ ބޭފުޅުންގެ ކިބައިން އެފަދަ ކަމެއް ފެނިގެން ނޫން ކަމަށާ ނަމަވެސް ރައީސް މުއިއްޒުގެ ހިތްޕުޅުގައި އުފެދިފައިވާ ވަހުމެއްގެ ސަބަބުން ކަމަށެވެ. ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް އުސޫލުތައް ނެތްކަމަށާ  ޕީއެންސީ ކޮންގްރެސް ބާއްވާ ރިޔާސީ ޓިކެޓް ވެސް ރައީސް މުއިއްޒަށް ދޭން ނިންމާފައިވާކަމަށް ވިދާޅުވެ ފައްޔާރު ވިދާޅުވީ އެކަން އެހެންވެގެން ކުރަނީ ވެސް އެ އުސޫލުގެ ތެރެއިން ކަމަށެވެ.

ފައްޔާޒް ވަނީ ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިއްބެވި ބޭފުޅުން ތިއްބެވީ ވާހަކަ ދައްކަން ބިރުން ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved