May 15, 2026
Advertisement
.
.

ނިކުމެ މިތިބީ އަޅުގަނޑުމެންގެ ވެރިކަންތައް ފުރިހަމަކަމަށް ދައުވާކުރާކަށް ނޫން، ނިކުމެ މިތިބީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި!

Yana Shareef
ޔާނާ ޝަރީފް
May 15, 2026, 09:31 PM

މިއަދު ނުކުމެ ތިއްބެވީ އެ ބޭފުޅުންގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ވެރިކަންތައް ކަމަށް ދައުވާކުރައްވަން ނޫން ކަމަށް ތިން ރައީސުން ވިދާޅުވެއްޖެއެވެ.

Advertisement

ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ތިން ރައީސުން ވެސް ވަނީ ކޮންމެ ވެރިކަމެއްގައި ވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކާއި މައްސަލަތައް ހުންނާނެކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް މިއަދު ނިކުމެ މިތިއްބެވީ ވެރިކަންތައް ފުރިހަމަކަމަށް ދައުވާކުރާކަށް ނޫންކަމަށާއި މިތިބީ ނޫސްވެރިކަމުގެ މިނިވަނ ްކަން ދިފާއުކުރަން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ރައީސްަ ޔާމީން ވިދާޅުވީ، މިހާރު ރާއްޖޭގެ ކަންކަން ހުރި ގޮތުން ގައުމު މިވަނީ ވިހި އަހަރު ފަހަތަށް ގޮސްފައި ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް އެކި ދައުވާތައް އުފުލި ނަމަވެސް، ޝަރުއީ ކޯޓުތަކުން އެ ދައުވާތަކުން ބަރީއަވެފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، މިއަދު ތިން ރައީސުން އެކުގައި ނޫސްވެރިންގެ ދިފާއުގައި ނުކުތުމަކީ ނޫސްވެރިން އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް ވިހި އަހަރު ފުރެންދާއިރު، އަލުން އަނބުރާ ނޫސްވެރިކަމުގެ ދިފާއުގައި މަގުމައްޗަށް ނުކުންނަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާލުވިއެވެ.

ތިން ރައީސުން ވެސް އިއްތިފާގުވެވަޑައިގެންނެވި ގޮތުގައި، ވެރިކަމެއްގައި ހުންނަ އުނި ސިފަތަކަށްވުރެ ބޮޑަށް މިއަދު އިސްކަންދޭންވީ ގައުމުގެ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ ނޫސްވެރިކަން ހިމާޔަތްކުރުމަށެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved