May 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކޯޓު އަމުރާ ހިލާފުވުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އައްބާސް ފާޑުވިދާޅުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
May 16, 2026, 04:47 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާއި ރައީސް މުއިއްޒު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ޚިލާފުވި ކަމަށް ވެލިދޫ ދާއިރާގެ މެންބަރު  މުހައްމަދު އައްބާސް ތުހުމަތުކޮށްފިއެވެ.

Advertisement

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ ޝަރުއީ ނިޒާމުގެ ތެރޭގައި ހަމަހަމަކަން އޮތް މިންވަރާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ މުއިއްޒު އާ ފަލާހު ކޯޓު އަމުރާ ހިލާފުވީމައި ކޯޓަށް ހާޒިރުކޮށް ހުކުމް ނުކުރީ ކީއްވެ ކަމަށެވެ. އަދި ވަކި މީހަކަށް ވަކި ގޮތަކަށް އަމަލު ކުރުމުގެ އިހުތިޔާރު ކޯޓުތަކަށް އޮވޭތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހާއި ރައީސް މުއިއްޒު ކޯޓު އަމުރާ ހިލާފަށް ވާހަކަދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ހައްޔަރުކުރުމެއް ނެތި، ހަމައެކަނި ނޫސްވެރިން ކޯޓަށް ހާޒިރުކުރުމަކީ ތަފާތުކުރުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ފަނޑިޔާރުގެތަކަށް އެފަދަ އިހްތިޔާރީ ގާނޫނެއް ހެދިފައި އޮވޭތޯ ސުވާލު ކުރައްވަމުން އައްބާސް ވިދާޅުވީ، ގާނޫނު ހިނގަންވާނީ ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމަކޮށް ކަމަށެވެ. އަދި ފަނޑިޔާރުގެތަކުން ޝަރީއަތް ކުރަންވާނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި އެއްހަމައަކުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަކީ 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުން ނެރުނު ވަގުތީ އަމުރަކާ ހިލާފުވި ކަމަށް ބުނެ ހިނގަމުންދާ މައްސަލައެކެވެ. މިކަމުގައި ސަރުކާރުގެ އިސްވެރިންނާއި ނޫސްވެރިންނާ މެދު އަމަލުކުރާ ގޮތް ތަފާތުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved