
ރައީސް ޑރ މުހައްމަދު މުއިއްޒުގެ މިވެރިކަން ނަގާ ކޮޅަށް ދެން ޖެހުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ އައްބާސް ވިދާޅުވީ، މި ސަރުކާރުންނާ އަދި ރައީސް މުއިއްޒުވެސް އިތުރަށް ބޮޑުތަނުން ގޯސް ހައްދަވާނެ ކަމީ މިހާރު ޔަޤީންކަމެއް. ކަމަށެވެ. އެގޮތުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރީ މިނިސްޓްރީތަކެއް ނޫން ކަމަށް މަޖާޒީ ގޮތަކަށް ވިދާޅުވެ އައްބާސް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ފައިސާއިން ވައްކަން ކުރީ އަދި ވައްކަން ކުރަމުން ދަނީ ކުންފުނިތަކުން ކަމަށެވެ.
އެގޮތުން ކުންފުނިތަކުގެ ވެރިންނަށް ހިމާޔާތާ ރައްކާތެރިކަން ދީގެން ރައްޔިތުންގެ ފައިސާއިން އިތުރަށް ވައްކަން ކުރާތަން ބަލަން އޭނާ ނުހުންނާނެކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވެފައިވަނީ، ވަކި ކުރަންދެން ހުއްޓާނުލާ އެވާހަކަ ކޮންމެ ދުވަހަކު ދައްކާ އަދި އޭނާ އެވާހަކަ ގޮވަންވެސް ގޮވާނެ ކަމަށެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި މިވަނީ މިއީ ކޮރަޕްޓު ފެއިލްށް ސަރުކާރެެއްގެ ގޮތުގައި ރައްޔިތުން ސިފަކުރަމުން ދަނިކޮށް ކެބިނެޓަށް ބޮޑު ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ގެންނަވާފައިވާ ވެސް ދަނޑިވަޅެއްގައެވެ. އެސްއޯއީތައް މެދުވެރިކޮށް ރައީސް މުއިއްޒު ކޮންމެ މަހަކުވެސް ވަކި އަދަދަކަށް ފައިސާ މުލިއާގެއަށް ގެންގޮސް ޕީއެންސީ މަޖިލިސް މެމްބަރުންނަށްވެސް ބަހާކަމުގެ އަޑުތައް މީގެ ކުރިން ފެތުރިފައިވެއެވެ.










