May 13, 2026
Advertisement
މަޖިލީހުގެ ނައިބު ރައީސްގެ ޖިނާއީ މައްސަލަަތަކެއް ހުއްޓާ ރާއްޖެ ދޫކޮށް ފިލަނީ!
މަޖިލީހުގެ ނައިބު ރައީސްގެ ޖިނާއީ މައްސަލަަތަކެއް ހުއްޓާ ރާއްޖެ ދޫކޮށް ފިލަނީ! / -
ކުއްލި ހަބަރު

މަޖިލީހުގެ ނައިބު ރައީސްގެ ޖިނާއީ މައްސަލަަތަކެއް ހުއްޓާ ރާއްޖެ ދޫކޮށް ފިލަނީ!

May 13, 2026, 06:26 PM
މާލެ ސިޓީ

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ރައީސް އަހުމަދު ނާޒިމް ރާއްޖެ ދޫކޮށް ފިލުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލުމާތު ލިބިއްޖެއެވެ.

Advertisement

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ރާއްޖެ ދޫކޮށް ފުރަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާ މަޖިލީހުގެ ނައިބުކަމުން އޭނާ ވަކިކުރަން ޕީއެންސީގެ ޕީޖީއިން ނިންމާފައިވާތީއެވެ.

އެގޮތުން މިރޭގެ ވަގުތެއްގައި ނާޒިމް ރާްޖެ ދުކޮށް ފުރުމަށް ތައްޔާރުވެފައިވާއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގުތަކެއް ކުރިއަށް ދާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. މީގެ ކުރިން ހޯމް މިނިސްޓަރު މިކަން ދޮގު ކުރެއްވި ނމަވެސް ނާޒިމްއާ ގުޅުން ހުރި ޖިނާއި މައްސަލަތަކެއް ފުލުހުގައި އެބަހުއްޓެވެ. އެގޮތުން އޭނާގެ ދޮންދަރި ވިފާގު އިބްރާހިމު އަދުނާނު ބެލްކަނީއިން ވެއްޓި ނިޔާވި ހާދިސާވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ނާޒިމް ރާއްޖެ ދޫކޮށް ދަނީ އެނބުރި ނާންނާ ގޮތަށް ކަމަށާ ނާޒިމް ފުރުމަށް މުއިއްޒު ފުރުސަތު ހޯދައިދެނީ ކަމަށްވެސް ވަނީ ވަނީ މައުލޫމާތު ލިބިފައެވެ.  ނާޒިމް ރާއްޖެ ދޫކޮށް މިރޭ ފުރުމަށް ތައްޔާރުވެފައިވާއިރު، ނާޒިމް ވަނީ ޕީއެންސީ ވަތްސް އަޕް ގްރޫޕުންވެސް ބޭރުކޮށްލާފައެވެ.

ނާޒިމް އަކީ ރައީސް މުއިއްޒާ ދެބެއިންގެ ދެދަރި ބޭބެއަކަށްވާތީ ރައީސް މުއިއްޒު މި ކުޅުއްވާ ޑްރާމާ އާ އެކު ނާޒިމް ފުރައިގެން ދިއުމުން އޭނާ ޕީއެންސީއިން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

ނާޒިމްގެ އިތުބާރު ނެތް މައްސަލަ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ހުށަހެޅި ނަމަވެސް އެ ޖަލްސާއަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާއަށްވުމުން ދެން އެ މައްސަލަ ކުރިއަސް ދާނީ ކުރިއަށް އޮތް ދައުރުގައި ކަން ފާހަގަކޮށްލެވެއެވެ. އެއީ ނާޒިމަށް އެ މައްސަލައިގައި ޖަވާބުދާރީ ވުމުގެ 14 ދުވަހުގެ ފުރުސަތެއްވެސް ދޭން ޖެހޭތީއެވެ. ނާޒިމްގެ އިތުބާރު ނެތްކަމަށް ވައްދަނި މޖިލީހުގެ ނައިބުކަމުން އިސްތިއުފާ ދޭނ ް ދިން ފުރުސަތުގައި އެ މަގާމުން އިސްތިއުފާ ނުދިނުމުން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved