May 15, 2026
Advertisement
ޗެނަލް13 ބަންދުކުރަން އިންޒާރުދިން ނާޒިމްގެ މައްޗަށް އަމިއްލަ ޕާޓީގެ ބޮޑު 3 ތުހުމަތު!
ޗެނަލް13 ބަންދުކުރަން އިންޒާރުދިން ނާޒިމްގެ މައްޗަށް އަމިއްލަ ޕާޓީގެ ބޮޑު 3 ތުހުމަތު! / ތޭރަގްރެފިކްސް

ޗެނަލް13 ބަންދުކުރަން އިންޒާރުދިން ނާޒިމްގެ މައްޗަށް އަމިއްލަ ޕާޓީގެ ބޮޑު 3 ތުހުމަތު!

May 14, 2026, 02:47 PM
މާލެ ސިޓީ

އަމިއްލަ ދޮންދަރިފުޅުގެ މަރާ ގުޅިގެން ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ގެނެސް ދިނުމުން ޗެނަލް13 ބަންދުކުރަން ގޮވާލި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް އަމިއްލަ ޕާޓީގެ ބޮޑު 3 ތުހުމަތެއް އަމާޒުވެއްޖެއެވެ.

Advertisement

ނާޒިމްގެ އިތުބާރު ނެތް ކަމަށް 73 ތިން މެމްބަރުންގެ ސޮޔާއެކު ޕީއެންސީއިން ބުރާސްފަތި ދުވަހު ވަނީ މަޖިލީހަށް މައްސަލައެއް ވައްދާފައެވެ. ނާޒިމް މަޖިލިސް ނައިބު ރައީސްކަމުން ވަކިކުރަން ހުށަހަޅާ ވެއްދި ގަރާރުގައި ނާޒިމްގެ މައްޗަށް ޕީއެންސީ މެމްބަރުންގެ ބޮޑު 3 ތުހުމަތެއް ވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތެވެ.

ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައި ނުވާއިރު، މަޖިލީހުގެ މެމްބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

 ނާޒިމްގެ މައްޗަށް އަމިއްލަ ޕާޓިގެ ބޮޑު ތުހުމަތުތަކެއް އަމާޒުވެފައިވާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 14، ގައި މ. ހަސޯވާ ބިލްޑިންގު މަތިން ވެއްޓި ނިޔާވި ވިފާގުގެ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތަފާތު ތުހުމަތުތަކެއް ވިފާގުގެ ދޮން ބައްޕަ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުއަށް އަމާޒުވެފައިވެއެވެ.

ނާޒިމުގެ ފަރާތުން ވިފާގުއަށް ޖިންސީ އަނިޔާ ލިބެމުންދާ ކަމަށާ އެކަމާ ވިފާގު ނަފްސަނީވެ ދިގު މުއްދަތަކަށް ބޭސްކުރަމުން ގެންދިޔަކަމަށްވެސް ކުރިން މައުލޫމާތު ލިބިފައިވެއެވެ.

މިކަންކަމާ ގުޅިގެން ވެސް ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ވަކި ޖަވާބެއް ދީފައިނުވާއިރު، ވިފާގުގެ މަރުގެ މައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved