May 25, 2026
Advertisement
-
-

އިންޑިއާ ސިފައިން ވަޒީފާގެ ޓެސްޓަކަށް އައި ފިރިހެން ކުއްޖެއް ރޭޕްކުރި ކަމުގެ ތުހުމަތު!

Aiminath Sarah
އައިމިނަތް ސާރާ
May 25, 2026, 11:43 AM
މާލެ ސިޓީ

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަރޫނާޗަލް ޕްރަދޭޝްގެ ރައްޔިތުން އެ ސަރަހައްދުގައި ތިބޭ އިންޑިއާގެ ސިފައިންނާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ފަށައި، އެ ސަރަހައްދުގެ މިނިވަންކަމަށް ގޮވާލަން ފަށައިފިއެވެ.

Advertisement

މި މުޒާހަރާތައް ފެށިފައިވަނީ ވަޒީފާގެ ޓެސްޓަކަށް އެ ސަރަހައްދަށް އައިސް އުޅުނު ފިރިހެން ކުއްޖަކު ރޭޕް ކުރަން އިންޑިއާ ސިފައިންގެ މީހަކު މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. މި ހާދިސާއާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ ސިފައިންގެ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

މުޒާހަރާގެ ބައިވެރިން ދަނީ އިންޑިއާ ސިފައިން އެ ސަރަހައްދުން ފޭބުމަށާއި، އަރޫނާޗަލް ޕްރަދޭޝްއަށް މިނިވަންކަން ދިނުމަށް ބާރުއަޅައި ޝިއާރުތައް ފާޅުކުރަމުންނެވެ. މީގެ އިތުރުން، މި ހާދިސާ ހިންގި ސިފައިންގެ މީހާއަށް ހައްގު އަދަބު ދިނުމަށް ވެސް އާންމުން ދަނީ ގޮވާލަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ސަލާމަތީ ބާރުތަކުން ދަނީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އާންމުންގެ ރުޅިވެރިކަން އިތުރުވަމުންދާތީ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved