
ރައީސް ޔާމީން އަބްދުﷲ ޔާމީނަށް ސަޕޯޓުކުރާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ޚާއްސަ މެސެޖެއް އެމަނިކުފާނު ދޫކުރައްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ، ތިން ރައީސުންނާ އެކު މަސައްކަތްކުރަނީ ލާގައުމީ ވެގެން ނޫން ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ވަރަށް ގައުމީ، ވަޠަނީ ބޭފުޅެއް ކަމަށާ އަދިވެސް ހުންނެވީ ހަމަ އެފަދައިން ކަމަށެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ހުރިހާ ސަޕޯޓަރުންނަށް ވަރަށް ޚާއްސަ މެދޖެއްވެސް ޖަލްސާގެ ތެރެއިން ފޮނުއްވާފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ، ސަޕޯޓުކުރާ އެންމެންނަށްވެސް ދަންނަވާލާނީ ސާބިތު ކަމާ އެކު ތިއްބެވުމަށާ، އެމަނިކުފާނުގެ ސަޕޯޓަރުން ނާއުއްމިދު ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
އަޅުގަޑަކީ އަބަދުވެސް ވަރަށް ވަތަނީ މީހެއް، އަދިވެސް މިހުރީ އެގޮތުގައި. އަޅުގަޑަށް ސަޕޯޓުކުރާ އެންމެންނަށްވެސް ދަންނަވާލާނީ ސާބިތު ކަމާ އެކު ތިއްބަވާށޭ، އަޅުގަޑެއް ތިބޭފުޅުން ލެޓް ޑައުނެއް ނުކުރާނަމޭ
ރައީސް ޔާމީން
ރައީސް ޔާމީންގެ މުހިއްމު މެސެޖެއް ސަޕޯޓަރުންނަސް މި ފޮނުއްވީ އެމަނިކުފާނު، ރައީސް މުހައްމަދު ނަޝީދުއާ، ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ އެކު ގައުމީ މަސައްކަތެއް ކުރައްވަން ނިންމަވާ އެކަން އިއުލާން ކުރުމުން އެމަނިކުފާނު އެމްޑީޕީއާ ގުޅުނު ކަމަށް ބުނެ ދޮގު މައުލޫމާތުު ސަރުކާރުން ފައިސާ ޚަރަދުކުރާ ނޫސްތަކުން ފަތުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
ތިން ރައީސުން އެކުގައި މަސައްކަތްކުރަން ނިންމީ ނޫސްވެރިންނަށް ސަރުކާރުން ދެމުންދާ އަނިޔާ އާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އަރައިގަންނަމުންދާ ދިއުމާ ދެކޮޅަށެވެ.










