
ހޯމް މިނިސްޓަރު އަލީ އިހުސާނަށް ގައުމުގެ ކަންކަން ނޭނގޭ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެނެޓަރ ޑރ އަބްދުﷲ އިބްރާހިމުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
ޑރ އަބްދުﷲ ވަޒީރު އަލީ އިހުސާނަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ، މި ގައުމުގައި މިއަދު އިލްމަށް ވުރެ ބޮޑަށް ޖާހިލިއްޔަތަށް ޖާގަދެމުން ރައްޔިތުން ދާކަމަށް ވިދާޅުވެ އާންމުންނަށް ވަޒީރު އިހުސާން ތުހުމަތުތަކެއް އަމާުކުރެއްވުމުންނެވެ.
ޑރ އަބްދުﷲ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވަޒީރު އިހުސާނުގެ އެ ވާހަކަތަކާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އެގޮތުން މި ސަރަހައްދުގައި ވެސް ރާއްޖެ ފާހަގަވެގެން ދަނީ އެކި ފަންނުގައި އިލްމުވެރިން ގިނަ، އަދި ތައުލީމަށް އެންމެ މަރުހަބާ އަބަދުވެސް ކިޔާ އެއް ގައުމުގެ ގޮތުގައި ކަމަށެވެ.
އެހެންކަމުން އިހުސާނު ގައުމުގެ ކަންކަން ދަސްކޮށް ގައުމު ދަސްކުރީ ކޮންތާކުން ކަމާ މެދު ޑރ. އަބްދުﷲ ވަނީ ސުވާލުއުފައްދަާފައެވެ.










