May 30, 2026
Advertisement
ޕީއެންއެފްގެ ޖަލްސާއެއް 31 މެއިގައި!
ޕީއެންއެފްގެ ޖަލްސާއެއް 31 މެއިގައި! / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް 31 މެއިގައި!

May 30, 2026, 02:30 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ޖަލްސާއެއް މާދަމާ، (31 މެއި 2026)ވާ އާދިއްތަ ދުވަހުގެރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ފްރޮންޓް އޮފީސް ޖަލްސާއެއް 31 މެއި (އާދިއްތަ ދުވަހުގެ ރޭ) މާދަމާ ރޭ 8:45 ގައި އޮންނާނެ ކަމަށާ ޤައުމުދެކެ ލޯބިވާ ބޭފުޅުންނަށް ޖަލްސާއަށް ދަޢުވަތު އަރުވާ ކަމަށެވެ.

ޖަލްސާ އޮންނާނީ، ހ. ދޫވެހިގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ޕީއެންއެފްގެ އޮފީހުގެ ޖަލްސާ ކުރާ މާލަމުގައެވެ.

ޕީއެންއެފް އިން ބުނި ގޮތުގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވުމާއި، ގައުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުން ހާމަނުކުރާ ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވެސް މި ޖަލްސާތަކުގެ މުހިއްމު ބޭނުމެކެވެ.

ޖަލްސާކުރާ މާލަމުގެ މަރާމާތަކަށް ޕީއެންއެފްގެ ޖަލްސާތަކަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް އެ ޕާޓީއަށް ތާއީދުކުރާ އާންމުން ގެންދަނީ މަގުމަތީގެ ހަރަކާތްތައް ބާއްވާ ސަރުކާރު ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވަން އަޑުއުފުލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންއެފް އިން ބާއްވަމުންދާ މި ޖަލްސާތަކަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު މި ޖަލްސާތައް ބަލައި، ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved