March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ވަޒީފާ އުފެއްދޭނީ އިގްތިޞާދީ މަސައްކަތްތައް ގިނަވެގެން، ޚާންދާނަށް ހުރިގޮތަށް ބަހައިގެންނެއް ނޫން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Mar 20, 2024, 04:58 AM
މާލެ ސިޓީ

ވަޒީފާ އުފެއްދޭނީ އިގްތިޞާދީ މަސައްކަތްތައް ގިނަވެގެންކަމަށާއި ސަރުކާރުގެ އިސް ފަރާތްތަކުގެ އާއިލާތަކަށް ވަޒީފާތައް ބަހައިގެން ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅު ވެފައިވަނީ ފްރޮންޓް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު ކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ފެނިގެން ދަނީ މި ސަރުކާރުގެ ސިޔާސީ ވަޒީފާ ތަކުގައި ތިއްބަވާ ފަރާތްތަކަށް މުސާރަ ދިނުމުގައި ބޮޑު ޚަރަދެއް ކުރައްވާފައިވާ ކަން ކަމަށެވެ. އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައިކަމަަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ކޮންމެ އަހަރަކަށް 10 ރިސޯޓް ޓާގެޓްކޮށް 5 އަހަރު ނިމުނު 50 އައު ރިސޯޓް އެޅިފައިވާކަމަށާއި 20 ރިސޯޓްގެ މަސައްކަތް ނިމެން ގާތްވެފައި ހުރި ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރިސޯޓްތައް ގާއިމް ކުރެވުމުން އެ ރިސޯޓްތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުންގެ ގޮތުގައި ދިވެހިންނަށް ވަނީ ފުރުސަތުތަކެއް އޭރު ދެވިފައިކަމަށާއި ވަޒީފާ އުފައްދަން ޖެހެނީ އެފަދައިންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރަކަށް އެވެރެޖްކޮށް 10 ރިސޯޓް އެއީ އަޅުގަނޑުމެންގެ ޓާގެޓް. ހަގީގަތުގައި ނިމިގެންދިޔަ އިރު 50 އައު ރިސޯޓް ހުޅުވި، 20 ރިސޯޓް ނިމެން ކައިރިވެފައި.

ރައީސް ޔާމިން

އެކަން ކުރެއްވީ އެއްވެސް ހާލަތެއްގައި ސަރުކާރަށް ޓެކްސް ވައްދާކަށެއް ނޫންކަމަށާއި އެކަން ކުރެއްވީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލަދިނުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަޒީފާގެ ފުރުސަތުތައް ހުޅުވާލާނެކަމަށް ބުނަމުން އައި ސަރުކާރުން، އެބޭފުޅުންގެ އާއިލީ ފަރާތްތަކަށް ވަޒީފާތައް ދެމުންގެންދާތީ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved