June 8, 2026
Advertisement
-
-

ފަނިފިލުވަންދޭ ޓްރީޓްމަންޓް ނުދީ ހުރިކަން ފަޅާ އަރައިގެން އިންޑިއާގެ އަނބު ޖަޕާނަށް ވެއްދުން މަނާކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 07:36 PM
މާލެ ސިޓީ

ޖަޕާނަށް އެތެރެކުރާ އިންޑިއާގެ އަނބުގައި ފަނިފަކުސަ ނައްތާލުމަށް ދޭންޖެހޭ ޚާއްޞަ ފަރުވާ ފުރިހަމަނުކޮށް ހުރިކަން ފާހަގަވުމާ ގުޅިގެން، އިންޑިއާގެ އަނބު ޖަޕާނަށް އެތެރެކުރުން އެ ގައުމުން ވަގުތީގޮތުން މަނާކޮށްފިއެވެ.

Advertisement

ޖަޕާނުގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް (MAFF) އިން މި ނިންމުން ނިންމީ، އިންޑިއާއިން ފޮނުވި އަނބުގެ ޝިޕްމަންޓްތަކެއް ބަލައި ފާސްކުރިއިރު، އޭގައި "ފުރުޓް ފްލައި" ނުވަތަ މޭވާގައި އަޅާ ފަނި ހުރިކަން ފާހަގަކުރެވިގެންނެވެ. މިއީ އެ ގައުމުގެ ދަނޑުވެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ޖަޕާނުން ދެކެއެވެ.

އާންމު އުސޫލުން އިންޑިއާއިން ޖަޕާނަށް އަނބު އެކްސްޕޯޓް ކުރާއިރު، "ވޭޕަރ ހީޓް ޓްރީޓްމަންޓް" (VHT) ކިޔާ ފަރުވާއެއް ދޭންޖެހެއެވެ. މިއީ މޭވާގެ ތެރޭގައި ހުންނަ ފަނިތަކާއި އޭގެ ބިސްތައް ނައްތާލުމަށް ދޭ ހޫނު އާވީގެ ފަރުވާއެކެވެ. ނަމަވެސް، ފަހަކަށް އައިސް ފޮނުވި ބައެއް ޝިޕްމަންޓްތަކުގައި މި ފަރުވާ ދީފައިވަނީ ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ދަށުން ކަން ޖަޕާނުގެ އިންސްޕެކްޓަރުންނަށް ވަނީ ފާހަގަވެފައެވެ.

މި މައްސަލައާ ގުޅިގެން ޖަޕާނުގެ މާކެޓަށް އަނބު އެތެރެކުރުން މަނާކުރުމަކީ އިންޑިއާގެ އެކްސްޕޯޓަރުންނަށް ލިބުނު ބޮޑު ދެރައެކެވެ. ޖަޕާނަކީ އިންޑިއާގެ އަލްފޮންސޯ އަދި ބަނގަނަޕަލީ ފަދަ މޮޅުވައްތަރުގެ އަނބަށް ބޮޑު ތަރުހީބެއް އޮންނަ ގައުމެކެވެ.

އިންޑިއާގެ އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (APEDA) އިން މިހާރު ދަނީ މި މައްސަލަ ހައްލުކޮށް، އަލުން އެކްސްޕޯޓް ކުރަން ފެށުމަށްޓަކައި ޖަޕާނުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނެހެން ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

ޖަޕާނަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ބައޮސެކިއުރިޓީ މިންގަނޑުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ގައުމެއްކަމުން، މި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭކަން ކަށަވަރުނުވަނީސް އަނބު އެތެރެކުރުމުގެ ހުއްދަ ދެން ނުލިބޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved