June 21, 2026
Advertisement
-
-

އެލް ނީނޯގެ ސަބަބުން އިންޑިއާގެ ހަކަތައާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑު ގޮންޖެހުމެއް

Aiminath Sarah
އައިމިނަތް ސާރާ
Jun 21, 2026, 12:38 PM
މާލެ ސިޓީ

އެލް ނީނޯގެ ސަބަބުން މިއަހަރު އިންޑިއާގެ މޫސުން ބަލިކަށިވެ، އެގައުމުގެ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މޫސުމީ މާހިރުން ލަފާކޮށްފިއެވެ.

Advertisement

މޫސުމީ ރިޕޯޓްތަކުން ދައްކާގޮތުގައި، މިއަހަރު އިންޑިއާއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ ދިގު މުއްދަތުގެ އެވްރެޖްގެ އެންމެ 90 އިންސައްތައަށެވެ. ވާރޭ ވެހޭ މިންވަރު މިހާ ބޮޑަށް ދަށްވުމުގެ ސަބަބުން، އެގައުމުގެ ދަނޑުވެރިކަމުގެ ދާއިރާއަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެއެވެ. މިއީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ދަނޑުވެރިކަމުގެ އިތުރުން، މިކަމުގެ އަސަރު ހަކަތައިގެ ދާއިރާއިން ވެސް މާ ދުރަށް ފޯރާފާނެ ކަމަށް ބެލެވެއެވެ. ވާރޭ މަދުވުމުގެ ސަބަބުން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑޭމްތަކުގެ ފެން ހުސްވެ، ހައިޑްރޯޕަވަރ ޖެނެރޭޝަން ނުވަތަ ފެނުގެ ބާރުން ކަރަންޓް އުފައްދާ މިންވަރު 10 އިންސައްތައާ ހަމައަށް ދަށްވާނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ.

އިންޑިއާގެ ގިނަ ސަރަހައްދުތަކަކީ ހައިޑްރޯ އިލެކްޓްރިސިތީއަށް ބަރޯސާވާ ތަންތަނަށްވާއިރު، މިހާރުވެސް ޑޭމްތަކުގައި ފެން ހުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓް ފޯރުކޮށްދިނުމަށާއި، ދަނޑުވެރިކަމަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގައި ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އެލް ނީނޯގެ ސަބަބުން އުފެދިފައިވާ މި ހާލަތަކީ އިންޑިއާގެ ކާބޯތަކެތީގެ އަގުތަކަށާއި، ހަކަތައިގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށްވާތީ، ކަމާބެހޭ ފަރާތްތަކުން އަންނަނީ މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved