June 21, 2026
Advertisement
-
-

ޣަލިބާފް އިސްކޮށް ހުންނަވައި އީރާނުގެ މަތީ ފަންތީގެ ވަފުދެއް އެމެރިކާއާ އަށް

Aiminath Sarah
އައިމިނަތް ސާރާ
Jun 20, 2026, 11:26 PM
މާލެ ސިޓީ

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣަލިބާފް އިސްކޮށް ހުންނަވައިގެން، އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރުމަށް އީރާނުގެ މަތީ ފަންތީގެ ވަފުދެއް ޔޫރަޕަށް ދަތުރުކުރަމުންދާ ކަމަށް ބައިނަލްއަޤްވާމީ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

Advertisement

މި މުހިންމު ދަތުރުފުޅުގައި ބައިވެރިވާ އީރާނުގެ މަތީ ފަންތީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ލުބުނާނުގެ މަސްރަޙާ ގުޅޭގޮތުންނާއި، މެދުއިރުމަތީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައެވެ. ޚާއްޞަކޮށް ލުބުނާނާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތަކާއި ކަންބޮޑުވުންތައް މި ބައްދަލުވުންތަކުގައި ޙިއްޞާކުރެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އީރާނުގެ މި ދަތުރުފުޅު މި ކުރައްވަނީ، ސުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވިފައި އޮތް ނަމަވެސް، އިޒްރޭލުން އެ އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް މެދުނުކެނޑި ޙަމަލާދެމުންދާ ދަނޑިވަޅެއްގައެވެ. އިޒްރޭލުގެ މި އަމަލުތަކާ ގުޅިގެން އެމެރިކާއިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔައި، ދެ ގައުމުންވެސް އަންނަނީ ބަހުގެ ޙަމަލާތަކެއް ރައްދުކުރަމުންނެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ ޖަރީމާތަކަށް ހުއްޓުވަން އެމެރިކާއިން މަސައްކަތް ކުރަން ޖެހެއެވެ.

މި ބައްދަލުވުމަކީ ސަރަޙައްދީ ހަމަޖެހުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވުނު ނަމަވެސް، އިޒްރޭލުގެ އުދުވާނުތަކުގެ ސަބަބުން މަޝްވަރާތަކަށް ވަނީ ހިޔަނި އެޅިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved