June 21, 2026
Advertisement
-
-

ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެމެރިކާގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

Aiminath Sarah
އައިމިނަތް ސާރާ
Jun 21, 2026, 04:06 PM
މާލެ ސިޓީ

ޕާކިސްތާނުގެ އެމްއޯޔޫގެ ފޮލޯއަޕްގެ ގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާ ބައްދަލުކުރައްވައިފިއެވެ.

Advertisement

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ސުލްހަ ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި، ޕާކިސްތާން އެމްއޯޔޫގެ ދަށުން ކުރިއަށްދާ ކަންކަމާ ގުޅޭގޮތުންނާއި، ޚާއްޞަކޮށް އެމެރިކާއާއި އީރާނުގެ ގުޅުން ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދުނިޔޭގެ ސުލްހައާއި އަމާންކަން ދެމެހެއްޓުމުގައި ޕާކިސްތާނުން އަބަދުވެސް މުހިންމު އަދި އިސް ދައުރެއް އަދާކުރަމުންދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަކީ ޕާކިސްތާނުން އަބަދުވެސް ބާރުއަޅާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. މި ބައްދަލުވުމަކީ އެމެރިކާއާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ޓެކްނިކަލް ފެންވަރުގައި ދެ ގައުމުގެ ދެމެދުގައި ވާހަކަދެކެވި، ދާއިމީ ހައްލަކަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved