June 25, 2026
Advertisement
ސަރަހައްދީ ދަރަނި: އެންމެ ދަރަނީ ބޮޑީ ރާއްޖޭގައި
ސަރަހައްދީ ދަރަނި: އެންމެ ދަރަނީ ބޮޑީ ރާއްޖޭގައި / ސޯޝަލް މީޑިއާ

ސަރަހައްދީ ދަރަނި: އެންމެ ދަރަނީ ބޮޑީ ރާއްޖޭގައި

Jun 25, 2026, 01:05 PM
މާލެ ސިޓީ

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ދަރަނި ބޮޑު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނިއްޖެweve.

Advertisement

ދުނިޔޭގެ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 125.4 ޕަސެންޓުގައެވެ. މިއީ މުޅި ސަރަހައްދަށް ބަލާއިރު ވެސް އެންމެ މަތީ އަދަދެވެ. ރާއްޖެއަށް ފަހު ދެން އެންމެ ދަރަނި ބޮޑީ ބޫޓާނުގަ އެވެ. އެ ގައުމުގެ ދަރަނި ހުރީ ޖީޑީޕީގެ 103.6 އިންސައްތައިގައެވެ.

ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، ރާއްޖެއާ އެންމެ ގާތުން ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ ބޫޓާނުގައެވެ. ބޫޓާނުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 103.6 ޕަސެންޓުގައެވެ. ތިންވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތް އިންޑިއާގެ ދަރަނި ހުރީ 84.1 ޕަސެންޓުގައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ދަރަނި 72.8 ޕަސެންޓުގައި ހުރިއިރު، ނޭޕާލުގެ ދަރަނި ހުރީ 48.1 ޕަސެންޓުގައެވެ.

ހިސާބުތަކަށް ބަލާއިރު ބަންގްލަދޭޝް ފާހަގަކުރެވެނީ ދެކުނު އޭޝިއާ ސަރަހައްދުން ސަރުކާރުގެ ދަރަނި އެންމެ ކުޑަ އެއް ގައުމުގެ ގޮތުގަ އެވެ. އެ ގައުމުގެ ދައުލަތުގެ ދަރަނި އުޅެނީ ޖީޑީޕީގެ އެންމެ 42 އިންސައްތައިގަ އެވެ. މިއީ އިންޑިއާއާއި ޕާކިސްތާނު ފަދަ ސަރަހައްދީ ބޮޑެތި ބާރުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ދަށް އަދަދެކެވެ.

ރާއްޖޭގެ ދަރަނި މިހާރު ހުރި މިންވަރަކީ ބަންގްލަދޭޝް ފަދަ ގައުމުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންގުނަ އިތުރު އަދަދެކެވެ. ރާއްޖެއަށް މިވަގުތު އޮތީ ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ ފިއްތުންތަކުން ސަލާމަތްވުމަށް ހަރުދަނާ މާލީ އަދަބުވެރިކަމެއް ގާއިމުކުރުމުގެ މަޖުބޫރުކަން ބޮޑުވެފައެވެ. ސާކްގެ އެހެން ގައުމުތަކަށްވުރެ ރާއްޖޭގެ ދަރަނީގެ ނިސްބަތް މަތިވުމަކީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން ޖެހޭކަން އަންގައިދޭ މުހިންމު ނިޝާނެކެވެ.

ރާއްޖޭގެ އިގްތިސޯދީ މާހިރުން ކުރިން ވެސް ވަނީ މި ގައުމުގެ ދަރަންޏާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިއުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved