April 24, 2026
Advertisement
އިންޑިއާގެ ދަރަނި ދަންތުރައެއްގައި ރާއްޖެ އަނެއްކާވެސް ޖައްސަން ނިންމައިފި
އިންޑިއާގެ ދަރަނި ދަންތުރައެއްގައި ރާއްޖެ އަނެއްކާވެސް ޖައްސަން ނިންމައިފި / ފޮރިން މިނިސްޓްރީ

އިންޑިއާގެ ދަރަނި ދަންތުރައެއްގައި ރާއްޖެ އަނެއްކާވެސް ޖައްސަން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 23, 2026, 08:49 PM
މާލެ ސިޓީ

އެންމެ ކައިރި ބޮޑޫބޭބެކަމުގައި ހެދިގެން ތިބެ ރާއްޖެ މާލީ ގޮތުން އަޅުވެތިކުރަމުންދާ އިންޑިއާއިން އަނެއްކާވެސް ރާއްޖެ އެގައުމުގެ ދަރަނި ދަންތުރައެއްގައި ޖައްސަން ނިންމައިފިއެވެ.

Advertisement

އެގޮތުން އިންޑިއާއިން ވަނީ، އިގްތިސޯދީ އަދި މާލީ އެހީތެރިކަމުގެ ދަށުން، ރާއްޖެއަށް 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދޫކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައި ކަމަށް އިންޑިއާއިން ހާމަކޮށްފައިވެއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއީ "ސާކް ޤައުމުތަކަށް ޚާއްޞަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު"ގެ ދަށުގައި ހިމެނޭ ފުރަތަމަ ފިޔަވަހީގެ ތެރެއިން ދޫކުރަން ނިންމާފައިވާ ކަރަންސީ ސްވޮޕެއް ކަމަށެވެ.

2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން މިހާރު ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުޛުތަކުގައި ބޮޑެތި ލުއިތަކެއް ހިމެނޭކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ. މިފަދަ ކަރަންސީ ސްވޮޕެއް ރާއްޖެއަށް އިންޑިއާއިން އަނެއްކާވެސް ފޮރުކޮށްދޭއިރު، މި އޮނިގަނޑުގެ ދަށުން މީގެ ކުރިން އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ދޫކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ މުއްދަތު 23 އޭޕްރިލް 2026 އަށް ހަމަވެ އަދި ވަނީ ނުދައްކާކަން ވެސް ފާހަގަކޮށްލެވެއެވެ.

 މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަމުގެ ގޮތުގައި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތަކުގެ މުއްދަތުވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.

މިފަދަ ކަންކަން އިންޑިއާގެ ފަރާތުން ވަހިވެގެންދާއިރު އެކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ނޭނގޭ ޝަރުތުތަކެއްވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved