May 29, 2026
Advertisement
ރާއްޖެއަށް ދިމާވެގެން އުޅެނީ، ދެ ބާވަތެއްގެ ދަރަނި ބޮޑުވުމުގެ މައްސަލައެއް: ސަރްވަޝް
ރާއްޖެއަށް ދިމާވެގެން އުޅެނީ، ދެ ބާވަތެއްގެ ދަރަނި ބޮޑުވުމުގެ މައްސަލައެއް: ސަރްވަޝް / ސޯޝަލް މީޑިއާ

ރާއްޖެއަށް ދިމާވެގެން އުޅެނީ، ދެ ބާވަތެއްގެ ދަރަނި ބޮޑުވުމުގެ މައްސަލައެއް: ސަރްވަޝް

May 29, 2026, 02:47 PM
މާލެ ސިޓީ

ދިވެހިރާއްޖެއަށް މިހާރު ދިމާވެގެން އުޅެނީ، ޑޮލަރުގެ ތާށިކަމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑަށް ދިމާވެފައިވާ "ޓްވިން ޑެފިސިޓް" ނުވަތަ ދެ ބާވަތެއްގެ ދަރަނި ބޮޑުވުމުގެ މައްސަލައެއް ކަމަށް ފިނޭންސް މިނިސްޓްގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

Advertisement

މި ސަރުކާރުގައި ޕެންޝަން ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ސަރވްޝަް މިފަދައިން ވިދާޅުވެފައިވަނީ، ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރްވަޝް ވިދާޅުވެފައިވާ ގޮތުގައި،  އްޖެއަށް މިހާރު ކުރިމަތިވެފައިވަނީ ދެ ބާވަތެއްގެ ބޮޑު ދަރަންޏެއް ކަމަށެވެ. އެއީ ފިސްކަލް ޑެފިސިޓް (ސަރުކާރުން ކުރާ ޚަރަދުތައް އާމްދަނީއަށްވުރެ ބޮޑުވެ، ފައިސާ ރައްކާކުރެވޭނެ މަގެއް ނެތުން)، އަދި ކަރަންޓް އެކައުންޓް ޑެފިސިޓް (ޤައުމީ ފެންވަރުގައި ބޭރުގެ މުޢާމަލާތްތަކުން ލިބޭ އެއްޗަކަށްވުރެ ބޭރަށްދާ ފައިސާ ގިނަވެ، ބޭރު ފައިސާ ރައްކާކުރެވޭ މިންވަރު މަދުވުން) ކަމަށް ސަރުވަޝް ވިދާޅުވެފައިވެއެވެ.

 ދެ ދަރަނި ފޫބެއްދުމަށްޓަކައި ގިނަ އަހަރުތަކެއް ވަންދެން ބޮޑެތި ލޯނުތައް ނަގާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވާ އިޤްތިޞާދެއްގައި މިއީ ވަގުތީ ގޮތުން ހައްލެއް ކަމަށް ފެނުނު ނަމަވެސް، ދިގު މުއްދަތުގައި މީގެ ސަބަބުން ރިޒާވްއަށާއި، ބޭރު ފައިސާގެ ތާށިކަމަށް އަދި ދަރަނި އަދާކުރުމުގެ ޤާބިލުކަމަށް ވަނީ ނޭދެވޭ އަސަރުކޮށްފައި ކަމަށް ވެސް ސަރްވަޝް ވިދާޅުވެފައިވެއެވެ.

މިހާރު ފެންނަމުންދާ ބައެއް ރެގިއުލޭޓަރީ ފިޔަވަޅުތަކަކީ، އިޤްތިޞާދީ ގޮތުން ގެންނަންޖެހޭ ބޮޑެތި ބަދަލުތަކުން ރެކުމަށްޓަކައި، ދެމެހެއްޓެނިވި ނޫން ޙާލަތެއް ދަމަހައްޓަން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސަރުވަޝް ސިފަކޮށްފައިވެއެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ހަމަޖެހުން އިޔާދަނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ ގިނަ ބަޔަކަށް ބަލައިގަންނަން އުނދަގޫ، އަދި ތަންފީޛު ކުރަން ދަތި އިޞްލާޙީ ފިޔަވަޅުތަކެއް ކަމަށް މާހިރުން އިއްތިފާޤުވާ ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.  

  ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި އޭނާ ފާހަގަ ކުރަށްވާފައިވަނީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކުރުމާއި، ދަރަނި ނަގައިގެން ހިންގާ މަޝްރޫޢުތައް މަދުކުރުމާއި، އުފެއްދުންތެރިކަން އިތުރުކޮށް، ރާއްޖޭގައި އުފައްދާ ތަކެތީގެ އަގު ވަޒަންކުރުމާއި، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ފަތުރުވެރިކަމުގެ ބޭރުން އިތުރު ދާއިރާތަކުން ބޭރު ފައިސާ ހޯދޭނެ މަގުތައް ފަހިކުރުމާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، އިޤްތިޞާދަށް އޮތް އިތުބާރު އިޔާދަކުރުމެވެ.

އޭގެއިތުރުން ސަރުވަޝް ވަނީ، "ޓްވިން ޑެފިސިޓް" ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރިޒާވްއަށާއި މުޅި އިޤްތިޞާދަށް އޮތް ނުރައްކާ ކުރިއަށް އޮތް ތަނުގައިވެސް ބޮޑުވަމުންދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved