June 26, 2026
Advertisement
ވައި ގަދަ، ކަނޑު ގަދަ، ސަމާލުވޭ!
ވައި ގަދަ، ކަނޑު ގަދަ، ސަމާލުވޭ! / ސޯޝަލް މީޑިއާ

ވައި ގަދަ، ކަނޑު ގަދަ، ސަމާލުވޭ!

Jun 25, 2026, 09:31 PM
މާލެ ސިޓީ

ރާއްޖޭގެ އެކި ހިސާބަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ސަމާޅުވުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކާއި މެދު ރާއްޖެ ތެރޭގެ ބަައެއް އަތޮޅުތަކަށް ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓުން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވިދާޅުވެފައިވެެެއެވެ.

މެޓުން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved