
ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާ ނަމަވެސް އާންމު ގޮތެއްގައި ހުރިހާ ސަރަހައްދަަކަށް ވެސް މޫސުން ރަގަޅުވާނެ ކަމަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓުން ހާމަކުރި ގޮތުގައި، ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ ނަމަވެސް، ރާއްޖޭގެ މޫސުން ކުރިއަށް އޮތް 5 ދުވަހު ރަނގަޅު ވާނެ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާ އިން ބުނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަން ފާހަގަކުރައްވާ މެޓުން ވަނީ، މިދުވަސްވަރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު ހުކުރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަވެ، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެސް ވެހިފައިވާތީ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، ޚާއްސަކޮށް މެދުރާއްޖެތެރޭގެ މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސް ކޮށްފައިވެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައިވާއިރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ މިދުވަސްކޮޅު ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން އެންޑީއެމްއޭ އަދި މެޓް އޮފީހުން ވެސް ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން ވާރޭވެހި، ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލަސއި ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވެ، ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލު ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.










