July 3, 2026
Advertisement
ދެން އަންނާނީ ޕީއެންއެފްގެ ވެރިކަމެއް، ރައްޔިތުންގެ މުދާ ވިއްކާ މީހުންގެ މައްސަލަ ބަލާ ބަދަލު ހޯދާނަން: ރައީސް ޔާމީން
ދެން އަންނާނީ ޕީއެންއެފްގެ ވެރިކަމެއް، ރައްޔިތުންގެ މުދާ ވިއްކާ މީހުންގެ މައްސަލަ ބަލާ ބަދަލު ހޯދާނަން: ރައީސް ޔާމީން / ތޭރަ އޮންލައިން

ދެން އަންނާނީ ޕީއެންއެފްގެ ވެރިކަމެއް، ރައްޔިތުންގެ މުދާ ވިއްކާ މީހުންގެ މައްސަލަ ބަލާ ބަދަލު ހޯދާނަން: ރައީސް ޔާމީން

Jul 3, 2026, 12:29 PM
މާލެ ސިޓީ

ﷲގެ އިރާދަފުޅުން ދެން މިގައުމަށް އަންނާނީ ޕީއެންއެފްގެ ވެރިކަމެއް ކަމަށާ ރައްޔިތުންނާ ދައުލަތުގެ ހަރު މުދާ ވިއްކާ މީހުންގެ މައްސަލަ ބަލާ ބަދަލު ހޯއްދަވާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދައުލަތުގެ ހަރު މުދާ މި ސަރުކާރުންވެސް ވިއްކަމުންދާ ކަމަށް ވިދާޅުވެ އެ ފަދަ ކަންކަން ކުރައްވާ ބޭފުޅުންނާ މެދު ޕީއެންއެފްގެ ވެރިކަމެއްގައި ފިޔަވަޅު އަޅާ މައްސަލަ ބަލާނެ ކަމުގެ ހަރުކަށި އިންޒާރު ދެއްވާފައެވެ.

އެގޮތުން، ގައުމުގެ ހަރުމުދާ ވިއްކަނީ ކިތަންމެ އިސް މީހެއް ކަމަށް ވިޔަސް، އެ މީހެއްގެ މައްސަލަ ބައްލަވައި، "ދަށްގޮހޮރުގައި" ލާރި ހުއްޓަސް އެ ފައިސާ ހޯއްދަވާނެ ކަމާ ވިޔަފާރި ބަނދަރު ފަދަ ތަންތަން ބޭރު ބަޔަކަށް ވިއްކައިލައިފިނަމަ، އެ މީހުން ޖެހޭނީ ވިއްކި ފަރާތްތަކުގެ އަތުން ބަދަލު ހޯދަން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ.

ގައުމުގެ ހަރުމުދާތައް ވިއްކާލުމަކީ އެމްޑީޕީއާ ވަރަށް "ދޯޅު"ކަމެއް ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދި މިހާރު އޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މައި ވިޔަފާރި ބަނދަރު ވިއްކައިލަން އެތައް ފަހަރަކު މަސައްކަތްކުރިކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވަނީ، އެއާޕޯޓާއި ވިޔަފާރި ބަނދަރަކީ ދަރަނި އުފެއްދޭނެ ތަންތަނެއް ނޫން ކަމަށާ އެ ދެ ތަނަކީ ގައުމަށް އާމްދަނީ ވަންނަ "ރަންވަޅުތަކެއް"ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved